Roadha Mihaaru
65އިން މަތީ މީހުން އަވަހަށް ވެކްސިން ޖަހަން އެދިއްޖެ

65 އަހަރުން މަތީގެ މީހުން އަވަހަށް ވެކްސިން ޖަހަން އެޗްޕީއޭގެ އިލްތިމާސެއް

17 ފެބުރުއަރީ 2021

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ އެންމެން ވީހާ ވެސް އަވަހަކަށް ކޮވިޑް-19 ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އިލްތިމާސްކޮށްފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ އެންމެން ވީހާ ވެސް އަވަހަކަށް ކޮވިޑް-19 ވެކްސިން ޖަހަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭގެ އިއުލާނެއްގައި ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ދިރިއުޅޭ އެ އުމުރުފުރާގެ މީހުންނަށް ވެކްސިން ސެންޓަރުތަކަށް ދާން ދަތިވާ ނަމަ ސެނެހިޔާ ހޮސްޕިޓަލުގައި ވެކްސިން ދެވޭނެ ގޮތް ވެސް މިހާރު ވާނީ ހަމަޖައްސާފައި ކަމަށެވެ.

ވެކްސިން ޖަހަން ސެނެހިޔާ އަށް ދާން ބޭނުންވާ މީހުން 1676 އަށް ގުޅައި މައުލޫމާތު ދިނުމުން ވެކްސިން ޖަހަން ގަޑިއެއް ހަމަޖައްސައިދޭނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

އުމުރުން ދުވަސްވީ މީހުންނާއި ދާންމަތީގައި ތިބޭ ބަލިމީހުންގެ ގޭގެ އަށް ގޮސް ވެސް ވެކްސިން ޖަހައިދެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ކުރިއަށް ގެންދާ ނިއުސް ކޮންފަރެންސްގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިގޮތުގައި 60 އަހަރުން މަތީގެ މީހުންގެ ހާލު ދެރަވުމުގެ ފުރުސަތު ބޮޑު އިރު އެ އުމުރުފުރާގެ މީހުން ވެކްސިން ޖަހަން ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

"ބޮޑަށް ބަލި ޖެހުމުން ގާތްގަނޑަކަށް 100 ޕަސެންޓް، ވެކްސިނުން ރައްކާތެރިކޮށްދޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި އަދި އެ މީސްމީހުންގެ އާއިލާ އަށް އަޅުގަނޑުމެން ދޭން އޮތް މެސެޖަކީ ތި ބޭފުޅުން ތިބޭފުޅުންގެ އާއިލާގައިވާ ވެކްސިން އަށް އެލިޖިބަލް ހުރިހާ ފަރާތްތަކަކަށް ވެކްސިން ދެއްވުމަށް އިސްކަންދޭށޭ،" ޑރ. އަފްޒަލް

އުމުރުން ދުވަސްވީ މީހުން ވެކްސިން ޖަހަން އެޗްޕީއޭ އިން މިދިޔަ އާދީއްތަދުވަހު ވެސް އިލްތިމާސްކުރި އެވެ. މާލެ ސަރަހައްދުގައި އަނެއްކާވެސް ބާރަށް ކޮވިޑް ފެތުރެމުންދާ އިރު، މި ބަލީގައި މީހުން މަރުވާ ރޭޓު މައްޗަށް ގޮސްފައިވާކަން ފާހަގަކުރައްވައި އެޗްޕީއޭގެ އެޕިޑީމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވިގޮތުގައި ވެކްސިނުން ލިބިދޭ ރައްކާތެރިކަން، ދުވަސްވީ މީހުން ހޯދުން ކޮންމެހެން މުހިއްމެވެ.

ކޮވިޑުގެ ސަބަބުން ހާލު ދެރަވުމުގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނޭ އިރު މި ބަލީގައި ގިނައިން މަރުވެފައި ވަނީ ވެސް ދުވަސްވީ މީހުންނެވެ.

"ވެކްސިން ނެގުމުގެ ސަބަބުން، ބަލި ޖެހޭ ފަރާތްތަކަށް ވެސް އޭގެ ސީރިއަސް ފައްތަރަށް ނުގޮސް ބަލިން ރަނގަޅުވުމުގެ ފުރުސަތު އޮވޭ. އެހެންވީމާ ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި އަދި އެ މީސްމީހުންގެ އާއިލާ އަށް އަޅުގަނޑުމެން ދޭން އޮތް މެސެޖަކީ ތި ބޭފުޅުން ތިބޭފުޅުންގެ އާއިލާގައިވާ ވެކްސިން އަށް އެލިޖިބަލް ހުރިހާ ފަރާތްތަކަކަށް ވެކްސިން ދެއްވުމަށް އިސްކަންދޭށޭ،" ނިއުސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވަނީ ބައި ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފަ އެވެ.