ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ރާއްޖޭގައި 50 ޕަސަންޓް މީހުން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
14 ޖުލައި 2021
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ރާއްޖޭގައި 50 ޕަސަންޓް މީހުން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުގައި ޖަހާފައި ވަނީ 3،343 މީހަކު ކަމަށާއި އެހެން ރަށްރަށުން 2،482 އަދި ރިސޯޓްތަކުގައި 541 މީހަކު ކަމަށެވެ.
ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް 622 މީހަކު އަދި ދެވަނަ ޑޯޒް 284 މީހަކަށް ޖަހާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެހެންކަމުން މިހާތަނަށް ރާއްޖޭގައި ވަނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް 50 ޕަސެންޓް މީހުންނަށް ޖަހައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު އެޗީވްމެންޓެއް،" އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖެ އަށް އިންޑިޔާ އިން ހަދިޔާ ކުރި 200،000 ޑޯޒް ވެކްސިނާއެކު، ވެކްސިން ޖެހުމުގެ މަސައްކަތް ފެށި ނަމަވެސް ކޮވިޝީލްޑް ވެކްސިން ހުސް ވުމާ ގުޅިގެން ގިނަ ބަޔަކަށް ދެވަނަ ޑޯޒް ނުޖެހުނެވެ. ނަމަވެސް މި ފަހުން އަމިއްލަ ފަރާތަކުން ކޮވިޝީލްޑް ވެކްސިން ހަދިޔާ ކުރުމުން ސަރުކާރުން ވަނީ އަލުން ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށައި ގިނަ ބަޔަކަށް ވެކްސިން ޖަހައިފަ އެވެ.
ވެކްސިން ޖަހާ މީހުންނަށް ދަތުރު ކުރެވޭ ގޮތަށް ލުއިތަކެއް ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ދިރިއުޅުމަށް ބަދަލު ކުރެވެން އޮތް ހަމައެކަނި ގޮތަކީ ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖެހުން ކަމަށް ސިއްހީ މާރިހުން އަންނަނީ ބުނަމުންނެވެ. އަދި އިތުރު ލުއިތަކެއް ވެސް ދެވޭނީ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު އިތުރުވެގެން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނީ 75،323 މީހުންނަށެވެ. އަދި ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު ތިން ލައްކަށް ވުރެ ގިނަ އެވެ.
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ވެކްސިން ނުޖަހާ މުވައްޒަފުން ޓެސްޓު ހެދުން ލާޒިމު
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ދެ ބްރޭންޑްގެ ދެ ޑޯޒް ޖެހުނީ އޮޅުމަކުން: އެޗްއީއޯސީ
60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދެނީ
10،500އަށް ވުރެ ގިނަަ މީހުން ދެވަނަ ޑޯޒް ޖަހައިފި
ވެކްސިން ޖަހާ ސެންޓަރުތައް ހުހަށް!
ކޮވިޑް ވެކްސިން ޖެހި އަދަދު 10،000 އާ ގާތަށް
ކޮވިޑު ވެކްސިން ޖެހި މީހުންގެ އަދަދު 880 އަށް
ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ދޭން ފަށަނީ