Roadha Mihaaru
ކަރަންގެ "ދި އަދަ" ގެ ނަން ބަދަލުކޮށްފި

ކަރަންގެ "ދި އަދަ" ގެ ނަން "އަޖީބް ދާސްތާންސް" އަށް ބަދަލުކޮށްފި

19 ފެބުރުއަރީ 2021

ކަރަން ޖޯހަރްގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓުން މަސައްކަތް ފަށާފައި އޮތް އެންތޮލޮޖީ ފިލްމު "ދި އަދަ" ގެ ނަން "އަޖީބް ދާސްތާންސް" އަށް ބަދަލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރްގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓުން މަސައްކަތް ފަށާފައި އޮތް އެންތޮލޮޖީ ފިލްމު "ދި އަދަ" ގެ ނަން "އަޖީބް ދާސްތާންސް" އަށް ބަދަލުކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ވެބް ފިލްމުގެ ނަން ހިންދީ ނަމަކަށް ބަދަލުކުރީ މި ފަހުން ނެޓްފްލިކްސް އިން ގެނެސްދޭ އިންޑިއާގެ އުފެއްދުންތަކުގެ މަގުބޫލުކަން ބޮޑުވާތީ އެ ގައުމުގެ ރަސްމީ ބަހުން ނަން ދޭން ބޭނުންވެގެންނެވެ.

"އަޖީބް ދާސްތާންސް" އަކީ ހަތަރު ވާހަކައެއް ކިޔައިދޭ ހަތަރު ސެގްމަންޓްގެ ފިލްމެކެވެ، މީގެ މައިގަނޑު ޕްލޮޓަކީ ތިން ވަނަ މީހަކާ ހެދި ގުޅުމެއް ހަރާބުވާން ދިމާވުމާއި އޭގެ ސަބަބުން ނުކުންނަ ނަތީޖާ އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ފާތިމާ ސަނާ ޝެއިހާއި ޝެފާލީ ޝާހާއި އަދިތީ ރާއޯ ހައިދްރީ އާއި ނުޝްރަތު ބަރޫޗާ އާއި ޖައިދީޕް އަހްލުވާތާއި އިނާޔަތު ވަރުމާ އަދި އަބީޝެކް ބެނަޖީ ހިމެނެ އެވެ.

ނެޓްފްލިކްސް އިން ގެނެސްދިން ކަރަންގެ ދަރްމެޓިކްގެ އުފެއްދުންތަކުގެ ތެރޭގައި ދާދި ފަހުން ގެނެސްދިން ސީރީޒް "ފެބިއުލަސް ލައިވްސް" އާއި "ގިލްޓީ" ހިމެނެ އެވެ.

ނެޓްފްލިކްސް އިން ގެނެސްދިން ކަރަންގެ އުފެއްދުންތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އާއި 2019 ގެ "ޑްރައިވް" ހިމެނެ އެވެ.

ކަރަން އަކީ ނެޓްފްލިކްސްގެ ބޮލީވުޑްގެ އެހެން އެންތޮލޮޖީ ފިލްމެއްގައި ކުރިން ހިއްސާވި މީހެކެވެ. އެއީ 2018 ގެ "ލަސްޓް ސްޓޯރީޒް" އާއި މިދިޔަ އަހަރުގެ "ގޯސްޓް ސްޓޯރީޒް" އެވެ. ހަތަރު ޑައިރެކްޓަރެއްގެ ސެގްމަންޓްތަކކާ އެކު ގެނެސްދިން އެ ފިލްމުތަކުގެ އެއް ޑައިރެކްޓަރަކީ ކަރަން އެވެ.