Roadha Mihaaru
"އޭސީސީން ދެއްކީ ހަގީގަތާ ޚިލާފް ވާހަކަތަކެއް"

ވެހިކަލް ރަޖިސްޓްރީކޮށްދިނުމާ ބެހޭގޮތުން އޭސީސީން ހަދަނީ ދޮގެއް: ޓްރާންސްޕޯޓް

18 ފެބުރުއަރީ 2021

މާލެ ސަރަހައްދުގައި ވެހިކަލްތައް ރަޖިސްޓްރީ ކުރަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށާއި އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ނުހިމެނޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ ސަރަހައްދުގައި ވެހިކަލްތައް ރަޖިސްޓްރީ ކުރަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށާއި އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ނުހިމެނޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

މާލޭގެ ގަރާޖްތަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކޮންސަލްޓަންޓް ސިމާދު ސައީދު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވަނީ ވިދާޅުވެފަ އެވެ. އެންމެ ގަރާޖަކަށް 70 ވެހިކަލް ރަޖިސްޓްރީކޮށް ދިނުން ފަދަ އުސޫލާ ޚިލާފް ކަންތައްތަކެއް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ވެހިކަލް ރަޖިސްޓްރީ ކޮށްދެނީ މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދޫކުރާ ހުއްދައަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ތުހުމަތު ކުރެވޭތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވަން ރަޖިސްޓްރީ ކުރަން ގަރާޖަކަށްތޯ ނޫންތޯ އެ އޮތޯރިޓީން ބަލަމުންދާ ކަމަށާއި އަދި ޝަރުތު ހަމަނުވާ ތަންތަނަށް ވެހިކަލް ރަޖިސްޓްރީކޮށް ނުދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އޭސީސީން މަޖިލީހުގައި ދައްކާފައިވަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.