Roadha Mihaaru
ދޮށީ އުމުރު މީހުން ބަލަހައްޓާ މީހުންނަށް ވެކްސިން ދެނީ

އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މީހުންނަށް ވެކްސިން ދެނީ

21 ފެބުރުއަރީ 2021

މާލެ ސަރަހައްދުގައި އުޅޭ ދުވަސްވީ މީހުންނާއި ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުންނަށް ކޮވިޑް ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލެ ސަރަހައްދުގައި އުޅޭ ދުވަސްވީ މީހުންނާއި ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުންނަށް ކޮވިޑް ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ހިމެނޭ ހަތަރު ސެންޓަރަކުން އެ މީހުންނަށް ވެކްސިން ޖެހޭނެ ކަމަށެވެ. އެއީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޔޫތު ސެންޓަރެވެ. ވިލިމާލޭ ޔޫތު ސެންޓަރު ފިޔަވާ އެހެން ތަންތަނުން، ހެނދުނު 9:00 އިން ހަވީރު 4:30 އާ ހަމައަށް ވެކްސިން ދިނުން ކުރިއަށް ގެންދާނެ އެވެ. އެ ސެންޓަރުގައި ވެކްސިން ދިނުން ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 ގެ ނިޔަލަށެވެ.

ވެކްސިން ލިބޭނެ ތަންތަން އިއުލާންކުރަން އެޗްޕީއޭ އިން ކުރި ޓްވީޓެއް

އެ ސެންޓަރުތަކަށް ދިއުމަށް ފަހު މައުލޫމާތު ފޯރުކޮށްދިނުމުން ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިން ދޭން ރާއްޖޭގައި ފެށީ މި މަހުގެ 1 ވަނަ ދުވަހު އެވެ. މިހާތަނަށް 70،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެ އެވެ. ސައްހަ ލިޔެކިޔުން ނެތް ބިދޭސީންނަށް ވެސް ވެކްސިން ޖެހޭނެ ގޮތް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.