Roadha Mihaaru
55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށަނީ

55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން މާދަމާ ފަށަނީ

06 ފެބުރުއަރީ 2021

މާލެ ސަރަހައްދުގައި އުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް މާދަމާ އިން ފެށިގެން ވެކްސިން ޖަހަން ފަށަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލެ ސަރަހައްދުގައި އުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް މާދަމާ އިން ފެށިގެން ވެކްސިން ޖަހަން ފަށަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ މާދަމާ އިިން ފެށިގެން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުން ސޯޝަލް ސެންޓަރުގަ އާއި ހުޅުުމާލޭ ފްލޫ ކްލިނިކް އަދި ވިލިމާލޭ ޔޫތު ސެންޓަރުގައި ކުރިއަށް ދާނެ ކަމަށެވެ. ވެކްސިން ޖަހަން ރަޖިސްޓްރީނުކޮށް ތިބި މީހުން ވެސް މި ސެންޓަރުތަކަށް ދިއުމުން، ރަޖިސްޓްރީކޮށް ވެކްސިން ޖަހައިދޭނެ އެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފެށީ އިއްޔެ އެވެ.

މާލެ ސަރަހައްދުގައި އުޅޭ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭ ވަގުތުތައް އިއުލާންކުރަން އެޗްޕީއޭ އިން ކުރި ޓްވީޓެއް

ވިިލިމާލޭގައި ވެކްސިން ދިނުން ކުރިއަށް ގެންދާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ. ހުޅުމާލޭގަ އާއި މާލޭގައި ހަވީރު 5:00 އާ ހަމައަށް ވެކްސިން ޖެހުން ކުރިއަށް ދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިން ޖަހަންދާ އިރު ސަމާލުވާން ޖެހޭ ކަންތައްތައް

- ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން

- ބަލީގެ އެއްވެސް އަލާމާތެއް ނެތުން

- ކަރަންޓީނުގައި ހުރި މީހަކަށް ނުވުން

- ގަޔަށް ދޫ، އަދި ވެކްސިން ޖަހާތަން (ކޮނޑު) ފަސޭހައިން ދެއްކޭނެ ފަދަ ހެދުމެއް ލުން

- ރަނގަޅަށް ކައިގެން ދިއުން

- އަމިއްލަ ފެންފުޅިއެއް ގެންދިއުން

- އެހީތެރިއެއްގެ ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެންދިއުން

- ބޭހެއް ބޭނުންކުރާ ނަމަ އޭގެ މައުލޫމާތު ދިނުން

އެޗްޕީއޭ އިން މިއަދު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް 4،269 މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރޭގައި މިއަދު ވެކްސިން ޖެހި 1،003 މީހުން ހިމެނެ އެވެ. ވެކްސިން ޖަހަން ވީހާ ވެސް ގިނަ މީހުން ރަޖިސްޓްރީ ވާން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.