Roadha Mihaaru
ކޮލޮމްބޯ/ގަން ދަތުރުތައް ފެށޭނެ: ފިރާގް

ކޮލޮމްބޯ/ގަން ދަތުރުތައް ޑިސެމްބަރުގައި ފެށޭނެ، މަސައްކަތް ހުއްޓައެއް ނުލަން: ފިރާގް

10 ނޮވެމްބަރ 2016

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮލޮމްބޯ އާއި އައްޑޫ ގަމާ ދޭތެރޭ ޝެޑިއުލް ދަތުރުތައް ފެށުމަށް ސްރީ ލަންކަން އެއާލައިންސް އިމް ތައްޔާރުވަމުން އަންނަނިކޮށް، އެކަން މަޑުޖައްސައިލުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ އެއާލައިނަށް އެންގި ނަމަވެސް، މަސައްކަތް ހުއްޓާ ނުލާ ކަމަށާއި ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑޫ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަން މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮލޮމްބޯ އާއި އައްޑޫ ގަމާ ދޭތެރޭ ޝެޑިއުލް ދަތުރުތައް ފެށުމަށް ސްރީ ލަންކަން އެއާލައިންސް އިމް ތައްޔާރުވަމުން އަންނަނިކޮށް، އެކަން މަޑުޖައްސައިލުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ އެއާލައިނަށް އެންގި ނަމަވެސް، މަސައްކަތް ހުއްޓާ ނުލާ ކަމަށާއި ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑޫ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަން މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ލަންޑަންގައި ހުންނަވައިގެން "މިހާރު" އަށް ފޯނުން ވިދާޅުވީ ޑިސެމްބަރު އެކެއްގައި ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު އަދިވެސް ގެއްލުވާ ނުލާ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ އެކު މިއަދު ވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން އުންމީދު ކުރަނީ ހަމަ ޑިސެމްބަރު އެކެއްގައި ޝެޑިއުލް ދަތުރުތައް ފެށޭނެ ކަމަށް. އެހެންވެ އަޅުގަނޑުމެންގެ ސައިޑުން ކުރަން ޖެހޭ އެއްވެސް ކަމެއް އަދި ހުއްޓާލައިފައެއް ނުވާނެ،" ފިރާގު ވިދާޅުވި އެވެ. "ރިޒަވޭޝަން ޕްރޮސެސް ވެސް ހަމަ ކުރިއަށް ދާނެ."

މިދިޔަ މަހުން ފެށިގެން ރިޒަވޭޝަން ހެދުމުގެ ފުރުސަތު ހުޅުވާލައި، ފޭދޫގައި ވަނީ ސްރީ ލަންކަން އެއާލައިންސްގެ ޓިކެޓިން އޮފީހެއް ވެސް މި މަހު ހުޅުވައިފަ އެވެ.

"މިހާރު ވެސް ދެކުނުގެ އަތޮޅުތަކުން 600 އަށް ވުރެ ގިނަ މީހުން ބުކިންސް ހަދާފައި އެބަހުރި. އެ ޕްރޮސެސް އަދިވެސް ހަމަ ކުރިއަށް ދާނެ،" ފިރާގު ވިދާޅުވި އެވެ.

ކޮލޮމްބޯ އާއި ގަމާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ފަށަން ނިންމައި، އެކަމުގެ ހުއްދައަކަށް އެދި ސްރީ ލަންކަން އެއާލައިންސް އިން ސިވިލް އޭވިއޭޝަނަށް ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގަ އެވެ.

ނަމަވެސް މި މަހުގެ ހަތް ވަނަ ދުވަހު އެ އޮތޯރިޓީން ސްރީ ލަންކަން އެއާލައިންސް އަށް ވަނީ ގަން އިންޓަނެޝަނަލް އެއާޕޯޓް އަދި އިންޓަނެޝަނަލް ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ކުރަން ތައްޔާރު ނޫން ކަމަށް ބުނެ އެކަން މަޑުޖައްސައިލަން އަންގައިފަ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ޝެޑިއުލް ފްލައިޓްތައް ހޭންޑްލް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ތަރައްގީކޮށް ފުރިހަމަވެފައި ނެތުމާއި ޝެޑިއުލް ފްލައިޓުތައް ހޭންޑްލް ކުރުމަށް، ބޯޑާ ކޮންޓްރޯލްގައި ހަރަކާތްތެރިވާ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ވެސް އަދި ގަމުގެ އޮޕަރޭޝަނަށް ތައްޔާރު ނޫން ކަމަށެވެ.

އެކަމަކު ހުއްދަ ދެވޭނެ ތާރީހެއް އަންގައިފައެއް ނުވެ އެވެ.

ދަތުރުތައް ފެށުމުގެ ހުރިހާ ތައްޔާރީތަކެއް ސްރީ ލަންކަން އެއާލައިންސް އިން ވެފައި ވާތީ، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ވަކި ގޮތެއް ނިންމައި އެކަން އަންގައި ދިނުމަށް އެ އެއާލައިނުން ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އެދިފަ އެވެ.

"ދަތުރުތައް މިހާރު ރާވާފައި އޮތް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށް ނުދެވޭނެ ނަމަ، އެކަން ދުރާލައި އަންގަން ވެސް އެދިފައި ވާނީ. އެހެންވެ އޭގެ ޑެޑްލައިނަކަށް ބަލައިގެން މިތިބީ އަންނަ ބުރާސްފަތި ދުވަސް،" ފިރާގް ވިދާޅުވި އެވެ.

ފޭދޫގައި ހުޅުވި ސްރީ ލަންކަން އެއާލައިންސްގެ އޮފީހުގައި މުވައްޒަފުން މަސައްކަތް ކުރަނީ. ފޮޓޯ: އޭސް އޭވިއޭޝަން

ފޭދޫގައި ހުޅުވި ސްރީ ލަންކަން އެއާލައިންސްގެ އޮފީހުގައި މުވައްޒަފުން މަސައްކަތް ކުރަނީ. ފޮޓޯ: އޭސް އޭވިއޭޝަން

އޭނާ ވިދާޅުވީ އެ ހިސާބަށް ހުއްދަ ނުލިބިއްޖެ ނަމަ، ސްރީ ލަންކަން އެއާލައިންސް އިން ރޭވި މަސައްކަތް މުޅިން އެހެން ގޮތަކަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

"އެ ފުރުސަތު ނުލިބިއްޖެ ނަމަ މީގެ އެއް އޮޕްޝަނަކަށް ވާނީ ރިޒަވޭޝަން ހެދި މީހުންނަށް މާލެ ތްރޫކޮށް ކޮލޮމްބޯ އަށް ދަތުރު ކުރެވޭނެ ގޮތެއް ހެދުން. އަނެއް ގޮތަކީ މާލެ/ގަން ތްރޫކޮށް ކޮލޮމްބޯ އަށް ދެވޭނެ ގޮތެއް އިމިގްރޭޝަނުން ހަމަޖައްސައި ދިނުން،" ފިރާގު ވިދާޅުވި އެވެ. "މިކަހަލަ ގޮތަކަށް މިކަން ކުރިއަށް ގެންދަން ޖެހިއްޖެ ނަމަ ވަރަށް ބުރަ ބޮޑު އަދި ހަރަދު ވެސް ބޮޑުވާނެ ކަމަކަށް ވެގެން ދާނީ. އެހެން ނަމަވެސް އަޅުގަނޑުމެން ދޭން އޮތް ޔަގީންކަމަކީ ރިޒަވޭޝަން ހަދާ އެއްވެސް މީހަކަށް ދެރަ ގޮތެއް ނުވާނެކަން."

އޭނާ ވިދާޅުވީ ޝެޑިއުލް ފްލައިޓްތަކެއް ބާއްވަން ބޭރުގެ އެއާލައިނަކުން މިހާތަނަށް އެދުމުން ރާއްޖޭގައި ހުއްދަ ނުދީ ނެތް ކަމަށެވެ.

އަދި ސްރީ ލަންކަން އެއާލައިންސްގެ ތާރީހުގައި ވެސް މިކަހަލަ ކަމެއް މިހާތަނަށް ކުރިމަތި ނުވާ ކަމަށް ފިރާގް ވިދާޅުވި އެވެ.