Roadha Mihaaru
ގްރާވިއާ: ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު ފަސޭހައެއް!

ގްރާވިއާ: ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު ފަސޭހައެއް

25 ފެބުރުއަރީ 2021

އިމާރާތްކުރަން ބޭނުންކުރާ ތަކެއްޗާއި ސާމާނު ހޯދުމުގައި ބައެއް ފަހަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހަމަކުރަން ޖެހެނީ ތަފާތު އެތައް ފިހާރަތަކަށް ގޮސް އެތައް ވަގުތެއް ހޭދަކޮށްގެންނެވެ. އަދި ބޭކާރު ހަރަދުތައް ވެސް ހިނގަ އެވެ. "ގްރާވިއާ"އަކީ އެ ހުރިހާ ކަމަކަށް ހައްލެކެވެ. އިމާރާތްކުރަން ބޭނުންވާ ހުރިހާ ސާމާނެއް އެއް ތަނަކުން އަދި ހެޔޮ އަގުގައި ލިބޭނެ މަގު، ގްރާވިއާ އިން ފަހިކޮށްދީފި އެވެ.

އިމާރާތްކުރުމުގެ ސިނާއަތަށް ހާއްސަ ތަކެތި ގްރާވިއާ އިން ރާއްޖެ އެތެރެކޮށް ވިއްކަން ފެށިތާ އަދި މާ ގިނަ އަހަރުތަކެއް ނުވެ އެވެ. ނަމަވެސް މިދިއަ މުއްދަތުގައި އެ ކުންފުނިން ވަނީ ރާއްޖޭގައި ހިންގާފައިވާ މުހިއްމު ގިނަ ޕްރޮޖެކްޓަކަކަށް ތަކެތި ފޯރުކޮށްދީފަ އެވެ. ގެދޮރު އިމާރާތްކުރާ އަމިއްލަ ފަރުދުންނާ ހިސާބުން ފެށިގެން ރިސޯޓުތައް ތަރައްގީކުރަމުން އަންނަ ބޮޑެތި ކޮންޓްރެކްޓަރުންގެ މަޝްރޫއުތައް ވެސް ހިމެނޭ ގޮތަށެވެ.

ގްރާވިއާގެ ތިލަފުށީ ސައިޓް: ފަސޭހަކަމާ އެކު ސާމާނު ފޯރުކޮށްދިނުމުގެ ގާބިލްކަން ވަނީ ލިބިފައި

ގްރާވިއާގެ ތިލަފުށީ ސައިޓް: ފަސޭހަކަމާ އެކު ސާމާނު ފޯރުކޮށްދިނުމުގެ ގާބިލްކަން ވަނީ ލިބިފައި

ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ގްރާވިއާއިން ވިއްކާ ތަކެތީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެ ކުންފުނިން ރާއްޖޭގައި ބަންދުކޮށްގެން ވިއްކާ އަމިއްލަ ބްރޭންޑްގެ ހިލަ އާއި ހިލަ ވެއްޔާއި ހިމުން ވެއްޔެވެ. އޭގެ އިތުރުން، ސިމެންތި، ދަގަނޑު، ފްލައިވުޑް ފަދަ އެހެނިހެން ސާމާނު ވެސް އެ ކުންފުނިން ވިއްކައެވެ.

ގްރާވިއާގެ އޮފިޝަލަކު ވިދާޅުވީ ތަކެތި ގެނައުމުގައި އެ ކުންފުނިން އެންމެ ބޮޑަށް ބަލަނީ ފެންވަރު ރަނގަޅު އަދި ހެޔޮ އަގުގައި ވިއްކޭނެ ބާވަތްތައް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދޭން ކަމަށެވެ.

އިމާރާތްކުރަން ބޭނުންވާ ސާމާނުގެ ތެރެއިން ގްރާވިއާ ބްރޭންޑްގެ ފައިން ސޭންޑް ނުވަތަ ހިމުން ވެއްޔަކީ ރާއްޖޭގެ ބާޒާރުން ލިބޭނެ އެންމެ ހިމުން ވެލި ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް ވަރަކަށް އެ ވެލި ފުރާނަން ނުޖެހޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އަދި އޭގެ ސަބަބުން މަސައްކަތަށް ހޭދަވާ ވަގުތާއި ޚަރަދު ވެސް ވަރަށް ބޮޑަށް ކުޑަވެ އެވެ.

ގްރާވިއާއިން ބާޒާރަށް ނެރެފައިވާ ބައެއް އުފެއްދުންތައް: އޯޑަރު ކުރުމުން އެތަނަކަށް ގެންގޮސްދޭ

ގްރާވިއާއިން ބާޒާރަށް ނެރެފައިވާ ބައެއް އުފެއްދުންތައް: އޯޑަރު ކުރުމުން އެތަނަކަށް ގެންގޮސްދޭ

ގްރާވިއާއަށް އޯޑަރު ކުރުމުން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ވެސް ގެންގޮސްދެ އެވެ. އަދި އަމިއްލައަށް ރަށްރަށަށް ގެންދަން ބޭނުންވާ ފަރާތްތަކުން ގްރާވިއާގެ ތިލަފުށީ ސައިޓް ސަރަހައްދަށް ބަނދަރުކޮށްލުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތަކެތި ދޯންޏަށް ބަރުކޮށްދޭނެ އެވެ.

ރަނގަޅު ފެންވަރުގެ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ޚިދުމަތް ދޭން އެ ކުންފުނިން ހާއްސަ ސަމާލުކަމެއް ދެ އެވެ. އެގޮތުން ކަސްޓަމަރުންނާ މުއާމަލާތްކުރަން ގިނަ މުވައްޒަފުންތަކެއް ވަނީ ހާއްސަކޮށްފަ އެވެ. އޯޑަރު ކުރުމަށާއި ޑެލިވަރީތަކުގެ މައުލޫމާތު ހޯދަން މެދުކެނޑުމެއް ނެތި 3333844، 9992029، 9980765 މި ނަންބަރުތަކުން ގުޅޭނެ އެވެ.

ގްރާވިއާގެ އޮފިޝަލް ވިދާޅުވި ގޮތުގައި މަސައްކަތްކުރަނީ ކުރިޔަށް އޮތް ތަނުގައި ވެސް އިމާރާތްކުރުމުގެ އިތުރު ސާމާނު ރާއްޖޭގެ ބާޒާރަށް ނެރެ، އެ ސިނާއަތަށް އިތުރު ކުރިއެރުން ގެނެސްދޭށެވެ.