އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ކޮންސްޓްރަކްޝަން ސާމާނު ވިއްކަން އެކި އަތޮޅުތަކުން 22 އެޖެންޓަކު މިއަދު ހަމަޖައްސައިފި އެވެ.
24 ޖޫން 2021
އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ކޮންސްޓްރަކްޝަން ސާމާނު ވިއްކަން އެކި އަތޮޅުތަކުން 22 އެޖެންޓަކު މިއަދު ހަމަޖައްސައިފި އެވެ.
އެސްޓީއޯ އިން އެޖެންޓުން ހޯދަން އިއުލާން ކުރީ މިދިޔަ މާޗު މަހު އެވެ. އެ ފުރުސަތުގައި ފޯމު ހުށަހެޅި ހުރިހާ ފަރާތްތައް އެެޖެންޓުންގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނީގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާން ވިދާޅުވީ މި ފުރުސަތުގެ ސަބަބުން އެކި ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތް ކުރުމުގެ ސާމާނު އަތް ފޯރާ އަގެއްގައި ހުސްނުވެ ލިބެން ހުންނާނެ ކަން ޔަގީން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެޖެންޓުން އައްޔަން ކުރާ މި މޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ" އީމާން ވިދާޅުވި އެވެ.
އެސްޓީއޯ އިން މާޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކުގެ އެޖެންޓުންނަށެވެ. ނަމަވެސް އެ ކުންފުނިން ވަނީ އުސޫލުތަކަށް ބަދަލުގެނަސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލައިފަ އެވެ.
ރަށްރަށުގެ އެޖެންޓުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ފޯމު ހުށަހެޅޭނެ އެވެ. މިކަމަށް އެދޭ ފޯމް އެސްޓީއޯ ވެބްސައިޓުން ލިބޭނެ އެވެ.
އެސްޓީއޯ އިން ވަނީ ކާޑުގެ ބާވަތްތައް ވެސް އެޖެންޓުން މެދުވެރިކޮށް ވިއްކަން ފަށައިފަ އެވެ. މިއީ ކާމިޔާބު މޮޑަލެއްކަން އެކުންފުނީގެ އެ ޖެންޓުން ފާހަގަކުރެ އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުންނަށްވާން ހުޅުވާލައިފި
އެސްޓީއޯއިން "ގްރީން ކޮންކްރީޓް" ތައާރަފު ކުރަނީ
އެސްޓީއޯއިން 25 ބުރީގެ އިމާރާތެއް އަޅަނީ
އެސްޓީއޯއިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ހުޅުމާލެއަށް އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރައެއް
ނުފޫޒު ގަދަ "ބިގް 5" ފެއާގައި އެސްޓީއޯ
އެސްޓީއޯ އިން ވިއްކާ ދަގަނޑުގެ އަގު ހެޔޮކޮށްފި
ސިމެންތި ލިބުން ދަތިވެ ބައެއް މަޝްރޫއުތައް ނުހިންގިފައި
އެސްޓީއޯ އިން "ކޯނޭ" ލިފްޓުގެ ޕްރޮމޯޝަނެއް
އެސްޓީއޯގެ "މޯލްޑިވްސް ސިމެންތި" ވިއްކަން އެޕޯލޯއަށް