އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުްގައި ވިއްކުމަށް އެޖެންޓުނަށް ވުމުގެ ފުރސަތު މުޅި ރާއްޖެ އަށް ހުޅުވާލައިފި އެވެ.
25 ޖޫން 2021
އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުްގައި ވިއްކުމަށް އެޖެންޓުނަށް ވުމުގެ ފުރސަތު މުޅި ރާއްޖެ އަށް ހުޅުވާލައިފި އެވެ.
މިދިޔަ މާޗު މަހު ވެސް ކޮންސްޓްރަކްޝަން އެޖެންޓުންނަށް ވުމުގެ ފުރުސަތު އެސްޓީއޯ އިން ހުޅުވާލި އެވެ. ނަމަވެސް އެފަހަރު ފުރުސަތު ހުޅުވާލީ 11 އަތޮޅަކަށެވެ. އެ ފުރުސަތުގެ ދަށުން ފޯމު ހުށަހެޅި 22 ފަރާތަކަށް ވަނީ އެޖެންޓުކަން ހަވާލުކޮށްފަ އެވެ.
އެސްޓީއޯ އިން ބުނީ އަލުން ހުޅުވާލާ ފުރުސަތުގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ވިޔަފާރިއަކަށް ވެސް އެޖެންޓަކަށް ވުމަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. މި ފުރުސަތުގެ ދަށުން އަންނަ މަހުން ފެށިގެން ފޯމު ހުށަހެޅޭނެ އެވެ. މިކަމަށް އެދޭ ފޯމް އެސްޓީއޯ ވެބްސައިޓުން ލިބޭނެ އެވެ.
އެޖެންޓުންގެ ގޮތުގައި އެސްޓީއޯ އިން ނަގާނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކެވެ.
އެސްޓީއޯގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާން ވިދާޅުވި ގޮތުގައި މި ފުރުސަތުގެ ސަބަބުން އެކި ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާވާނެ އެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތް ކުރުމުގެ ސާމާނު އަތް ފޯރާ އަގެއްގައި ހުސްނުވެ ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަޝަން ސާމާނުގެ ތެރޭގައި ސިމެންތި އާއި ހިލަ އާއި ހިލަވެއްޔާއި ދަގަނޑާއި ޕުލައިވުޑް އަފި ދަގަނޑު ހޮޅި އާއި ޓިނު ހިމެނެ އެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން ހަމަޖައްސައިފި
އެސްޓީއޯއިން "ގްރީން ކޮންކްރީޓް" ތައާރަފު ކުރަނީ
އެސްޓީއޯއިން 25 ބުރީގެ އިމާރާތެއް އަޅަނީ
އެސްޓީއޯއިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ހުޅުމާލެއަށް އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރައެއް
ނުފޫޒު ގަދަ "ބިގް 5" ފެއާގައި އެސްޓީއޯ
އެސްޓީއޯ އިން ވިއްކާ ދަގަނޑުގެ އަގު ހެޔޮކޮށްފި
ސިމެންތި ލިބުން ދަތިވެ ބައެއް މަޝްރޫއުތައް ނުހިންގިފައި
އެސްޓީއޯ އިން "ކޯނޭ" ލިފްޓުގެ ޕްރޮމޯޝަނެއް
އެސްޓީއޯގެ "މޯލްޑިވްސް ސިމެންތި" ވިއްކަން އެޕޯލޯއަށް