Roadha Mihaaru
މި މީހާ އައިޝްވާރިޔާއާ ވައްތަރުތަ؟

މި މީހާ އައިޝްވާރިޔާއާ ވައްތަރުތަ؟

02 މާޗް 2021

މަޝްހޫރު ސެލެބްރިޓީންނާ ވައްތަރު މީހުން ފެނުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ ވައްތަރު މީހުން ފެނިގެން އެ މީހުންގެ ސަމާލުކަން އިންޑިއާގެ މީޑިއާތަކަށް ވެސް ހުއްޓެ އެވެ. ބަތަލާއިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްޅާ އާއި ކެޓްރީނާ ކައިފާއި އަނުޝްކާ ޝަރުމާ ފަދަ ބަތަލާއިންނާ ވައްތަރު މީހުން ފެނިގެންގެ އެ މީހުންގެ ވާހަކަ މި ފަހުން ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ފަހަރު އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން ހުއްޓިގެން އުޅެނީ ބަތަލާ އައިޝްވާރިއާ ރާއީއާ ވައްތަރު މީހަކަށެވެ. މިސް ވޯލްޑްގެ ތާޖު 1994 ގައި ހާސިލުކުރި ރީތީގެ ރާނީއާ ވައްތަރު މީހަކު ފެނިގެން މި އުޅެނީ އަވަށްޓެރި ޕާކިސްތާނުންނެވެ. ނަމަކީ އާމްނާ އިމްރާނެވެ. އޭނާ އަކީ ބިއުޓީ ބްލޮގާއެކެވެ.

އިންސްޓަގްރާމްގައި އާމްނާ އާންމުކޮށްފައިވާ ބައެއް ޕޯސްޓްތަކުގެ ތެރޭގައި އޭނާއާ އައިޝްވާރިއާ ވައްތަރު ކަމަށް ބުނެ އެކި މިޑިއާތަކުން ގެނެސްދީފައި ހުރި ޚަބަރުތަކުގެ ސްކްރީންޝޮޓްތައް ވަރަށް ގިނަ އަދަދަކަށް ހިމެނެ އެވެ. އެކަމަކު އެންމެ އަޅައިގަތް ކަމަކީ އޭނާ ހަމަ "އައިޝްވާރިއާ ހެދެން" އުޅޭ ކަމަށް ލިޔެފައިވުމެވެ.

އެގޮތުން އައިޝްވާރިއާ ބައެއް ފޮޓޯތަކަށް ޕޯސްކޮށްފައި ހުރި ގޮތްގޮތަށް ޕޯސްކޮށްފައި ހުރުމާއި ރީތި ބަތަލާގެ ބައެއް ފިލްމުތަކުގެ ޑައިލޮލްތަކާއި ލަވައިގެ ތަންތަންކޮޅަށް ތުންތަޅުވާފައި ހުރި ވީޑިއޯ ވެސް ހިމެނެ އެވެ.

ބައެއް މީހުން ބުނެފައިވާ ގޮތުގައި އާމްނާގެ ލޮލާއި ތުންފަތް އައިޝްވާރިއާގެ ވެސް ހުންނަ ގޮތާ ވަރަށް ވައްތަރެވެ. އެކަން ފާހަގަކޮށް އޭނާގެ ޕޯސްޓްތަކަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވެ އެވެ.

ބަތަލާ ދިއާ ދިއާ މިރުޒާ އަކީ ވެސް ކުރިން ވަރަށް ގިނަ ބަޔަކު އައިޝްވާރިއާއާ ވައްތަރު ކަމަށް ބުނި މީހެކެވެ. އަދި އައިޝްވާރިއާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި ސަލްމާން ޚާނާ އެކު 2005 ގެ ފިލްމު "ލަކީ: ނޯ ޓައިމް ފޯ ލަވް" ކުޅުނު ބަތަލާ ސްނޭހާ އުލާލަކީ އައިޝްވާރިއާ ވައްތަރުވެގެން ސަލްމާންގެ ފިލްމުން ފުރުސަތު ދިން ބަތަލާއެކެވެ.