Roadha Mihaaru
"އިޝްގް ޕަރް ޒޯރް ނެހީ" ސޮނީ ޓީވީ އަށް

"އިޝްގް ޕަރް ޒޯރް ނެހީ" ސޮނީ ޓީވީ އަށް

03 މާޗް 2021

"އިޝްގް ޕަރް ޒޯރް ނެހީ" ކިޔާ އާ ސިލްސިލާއެއް ގެނެސްދޭން ސޮނީ ޓީވީން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"އިޝްގް ޕަރް ޒޯރް ނެހީ" ކިޔާ އާ ސިލްސިލާއެއް ގެނެސްދޭން ސޮނީ ޓީވީން ތައްޔާރުވެއްޖެ އެވެ.

މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ މި ސިލްސިލާ އަކީ ހަތަރު ޒުވާނެއްގެ ލޯބީގެ ވާހަކަ ކިޔައިދޭނެ އެއްޗެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދައްކަން ފަށާ "އިޝްގް ޕަރް ޒޯރް ނެހީ" ގެ މައިގަނޑު ކާސްޓުންނަކީ ސޮނީން މިދިޔަ އަހަރު ގެނެސްދިން "ބޭހަދު 2" ގެ ރޯލެއް ކުޅުނު ރަޖަތު ވަރުމާ އާއި ޝަގުން ޝަރުމާ އާއި އަކްޝިތާ މުގްދާލްގެ އިތުރުން ޕަރަމް ސިންގް އެވެ.

ޕަރަމް ކުރިން ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ޒީޓީވީގެ "ހައިވާން: ދަ މޯންސްޓާ" އާއި "މަރިޔަމް ޚާން: ރިޕޯޓިން ލައިވް" އަދި "ސައްޑާ ހަގު: މައި ލައިފް، މައި ޗޮއިސް" ހިމެނެ އެވެ.

"އިޝްގް ޕަރް ޒޯރް ނެހީ" މި މަހުގެ 15 ގައި ފެށުމަށް ފަހު ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމައަށް ގެނެސްދޭނެ އެވެ. އަދި އެޕިސޯޑްތައް ދައްކާނީ ރާއްޖެ ގަޑިން 9:00 ގަ އެވެ.

ސޮނީން މިހާރު ގެނެސްދޭ ސިލްސިލާތަކުގެ ތެރޭގައި "ސްޓޯރީ 9 މަންތުސް ކީ" އާއި "ޕުނިޔަޝްލޯކް އާހިލިބާއީ" އާއި "ކިޔު އުތެ ދިލް ޗޯޅު އާޔޭ" އަދި "ސަރްގަމް ކީ ސާދޭ ސައްޓީ" ހިމެނެ އެވެ،