ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް، ކްލިނިކެއް ހިންގަން ހުއްދަ ދިނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.
07 މާޗް 2021
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް، ކްލިނިކެއް ހިންގަން ހުއްދަ ދިނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.
ހުޅުމާލޭގައި "ހެލްތު އެންޑް ވެލްނަސް ސެންޓަރު" ހިންގަން ހުއްދަ ދިން މައްސަލައިގައި ނަޝީދު ނުރުހުން ފާޅުކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިނިސްޓަރު ފައްޔާޒު ވެސް އިންނަވާ އެ ގްރޫޕްގައި ލިޔުއްވި މެސެޖުގައި ނަޝީދު ވިދާޅުވީ، އެ ކްލިނިކް ހިންގަން ހުއްދަ ދިނީ އެކަމަށް ޝަރުތު ހަމަނުވާ ބަޔަކަށް ކަމަށާއި އެގޮތަށް އެކަންތައް ކުރީ ފައްޔާޒުގެ ނުފޫޒުން ކަމަށެވެ.
"ފަޔާ އަޅުގަނޑު މި ހުރީ ތިޔަކަން ތިޔަހެން ދާން ދޫކުރާކަށް ނޫން. ކުރީގައި ވެސް ބުނިން،" ނުފޫޒު ބޭނުންކުރައްވައިގެން ފައްޔާޒު ކަންކަން ކުރައްވާ ކަމުގެ ތުހުމަތު މީގެ ކުރިން ވެސް ކުރެއްވި ނަޝީދުގެ މެސެޖުގައި ވިދާޅުވި އެވެ.
ނަޝީދުގެ އަރިސް ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މަނިކުފާނު އެންމެ ބޮޑަށް ކޯފާވީ މަޖިލީހުގެ މެމްބަރަކު ޝާމިލުވާ ކުންފުންޏަކާ ކްލިނިކް ހަވާލު ކުރުމުންނެވެ. އެއީ މެމްބަރުންނަށް ސަރުކާރުގެ ނުފޫޒު ފޯރުވުމާ ކުރިއްސުރެ ނަޝީދު ދެކޮޅު ހައްދަވާތީ އެވެ.
ރޮޒައިނާ ހިއްސާވާ ކުންފުންޏަކީ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނަ ގޮތުގައި ޑީމް ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނީގެ އެއް ހިއްސާދާރަކީ ލިޔެކިޔުމުން ފެންނަ ގޮތުގައި ރޮޒައިނާ އެވެ.
މިނިސްޓަރު ފައްުޔާޒާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގެން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަވަން ވެސް ނަޝީދު މީގެ ކުރިން މަސައްކަތްޕުޅު ކުރެއްވި އެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ނަޝީދު އިސްވެ ހޯއްދަވަމުން ގެންދަވަނިކޮށް، ފައްޔާޒަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ވިދާޅުވެ، އޭނާގެ ދިފާއުގައި އެފަހަރު ނުކުމެވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ހިސާބުން އެ މައްސަލަ ވަނީ އެ ހިސާބުން ހުއްޓިފަ އެވެ.
މަޓީގެ ބަޔާނަކީ ސަރުކާރުގައި ކޮޅުފައިންޖެހުން: ފައްޔާޒް
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
ފައްޔާޒުގެ ވޯޓު ފާސްކުރަން ވޯޓު ހަމައެއް ނުވޭ
ސަރުކާރުގެ ބޭނުމަށް މެމްބަރުންނަށް ގުޅާނަން: ފައްޔާޒު
ކުއްޔަށް އުޅޭ ބިދޭސީންނަށް ވިސާ ދޭން ސަރުކާރު ދެކޮޅު
20،000ރ. އަށް ވުރެ މަތީގެ މުސާރަތައް ކުޑަކޮށްފި
މިއީ މިނިމަމް ވޭޖް ތަންފީޒްކުރަން ރަނގަޅު ވަގުތެއްނޫން