Roadha Mihaaru
ވޮރެން ބަފެޓް ވެސް 100 ބިލިއަން ޑޮލަރު ކްލަބަށް

ވޮރެން ބަފެޓް ވެސް 100 ބިލިއަން ޑޮލަރު ކްލަބަށް

12 މާޗް 2021

މިލްކިއްޔާތު 100 ބިލިއަނަށް އަރާ މީހުންގެ ލިސްޓަށް މަހުޖަނު ވޮރެން ބުފެޓް ވެސް އިތުރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިލްކިއްޔާތު 100 ބިލިއަނަށް އަރާ މީހުންގެ ލިސްޓަށް މަހުޖަނު ވޮރެން ބުފެޓް ވެސް އިތުރުވެއްޖެ އެވެ.

އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި ބާކްޝަޔާ ހަތަވޭގެ ވެރިޔާގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރީ ބުދަ ދުވަހު އެވެ. އުމުރުން 90 އަހަރުގެ ބަފެޓަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭތާ 10 ވަރަކަށް އަހަރުވެފައިވާ ވިޔަފާވެރިއެކެވެ. އޭނާ އަށް މި ލިބުނު މަގާމާ އެކު އެއީ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރި ހަ ވަނަ މީހާ އެވެ.

މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އަރާ މީހުންގެ ތެރޭގައި ދެން ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ މަގާމުގައި ހުރި އެމެޒޯންގެ ވެރިޔާގެ ޖެފް ބެޒޯސް އާއި މައިކްރޮސޮފްޓް ކުންފުނީގެ ކުރީފެ ޗެއާމަން ބިލް ގޭޓްސް އާއި ސްޕޭސް އެކްސް އަދި ޓެސްލާގެ ވެރިޔާ އީލޮން މަސްކާއި ކްރިސްޓިއަން ޑިއޯ އަދި އެލްވީއެމްއެޗްގެ ވެރިޔާ ފްރާންސްގެ ވިޔަފާވެރިޔާ ބާނާޑް އާނޯލްޓްގެ އިތުރުން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގެވެ.

ބެޒޯސްގެ މިލްކިއްޔާތަކީ މިހާރު 182 ބިލިއަން ޑޮލަރެވެ. މަސްކްގެ މިލްކިއްޔާތު 164 ބިލިއަން ޑޮލަރަށް އަރާ އިރު، ގޭޓްސްގެ މިލްކިއްޔާތަކީ 124 ބިލިއަން ޑޮލަރެވެ. ބާނާޑްގެ މިލްކިއްޔާތަކީ 156 ބިލިއަން ޑޮލަރެވެ. އަދި ޒަކަބާކްގެ މިލްކިއްޔާތަކީ 100.8 ބިލިއަން ޑޮލަރެވެ.