ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަން ޖެހުނު، ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން އިސްތިއުނާފަށް ބަލައިގަނެ، ހުކުމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވަގުތީ ގޮތުން ހުއްޓާލަން ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަން ޖެހުނު، ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން އިސްތިއުނާފަށް ބަލައިގަނެ، ހުކުމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވަގުތީ ގޮތުން ހުއްޓާލަން ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ހައި ކޯޓުން 2015ގައި ކުރި ހުކުމް ރައްދުވި ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ފަރާތްޕުޅުން ހައި ކޯޓުގެ ހުކުމް އިސްތިއުނާފަށް ހުށަހެޅުއްވި އިރު ޒާހިރާ ދެކޮޅަށް ދައުވާކުރެއްވި ފާރޫގު ހަސަން އާއި އިބްރާހިމް ރަޝީދު މޫސާ ވަނީ އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދިވަޑައިގެން ސިވިލް ކޯޓަށް ހުށަހެޅުއްވައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތުމާ އެކު ސިވިލް ކޯޓުގައި އޮތް މައްސަލަ މިހާރު ހުއްޓުމަކަށް އައީ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި އޮތީ ހައި ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ސިވިލް ކޯޓުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
އޭރު ރާއްޖޭގެ އެންމެ މަޝްހޫރު ނޫހާއި އޮންލައިން ނިސްބަތްވި "ހަވީރު" ހުއްޓުމަކަށް އައީ އެ ނޫހަކީ "ހަވީރު ނިއުސް އޭޖެންސީ"ގެ މިލްކެއް ކަމަށާއި އެ އޭޖެންސީގެ ހިއްސާދާރުންނަކީ ޒާހިރުގެ އިތުރުން އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމް ކަމަށް ހައި ކޯޓުން 2015ގައި ކުރި ހުކުމަކާ ގުޅިގެން، އަނެއް ތިން ބޭފުޅުން ބައިވެރިނުކޮށް "ހަވީރު" ނުހިންގަން ސިވިލް ކޯޓުން އަމުރުކުރުމުންނެވެ.
އެކަމަކު "ހަވީރު"އަކީ ސީދާ ޑރ. ޒާހިރުގެ ބެއްލެވުމުގެ ދަށުން އެމަނިކުފާނުގެ މަސްއޫލުވެރިކަމުގައި ހިންގަމުން އައި ނޫހެކެވެ. އުމުރުން 35 އަހަރުގެ ނޫހުގެ ތަރައްގީއަށް ނެގި ހުރިހާ ލޯނެއް ބޭންކްތަކުން ދޫކޮށްފައި ހުރީ ވެސް ޑރ. ޒާހިރުގެ ނަންފުޅުމަތީގަ އެވެ. އޭގައި "ހަވީރު ނިއުސް އެޖެންސީ"ގެ އެއްވެސް ދައުރެއް ނެތެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އޮތް ސުޕްރީ ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމްގެ އިސްތިއުނާފް ބަލައިނުގެންފަ އެވެ.
"ހަވީރު ނިއުސް އެޖެންސީ"ގެ ދެ ހިއްސާދާރުން ފުރަތަމަ މައްސަލަ ވެއްދެވީ ސިވިލް ކޯޓަށެވެ. އެ ކޯޓުން ހުކުމްކުރީ "ހަވީރު"ގައި އެއިން އެއްވެސް ބޭފުޅެއްގެ ހިއްސާއެއް ނެތް ކަމަށެވެ. އެކަމަކު ހައި ކޯޓުގެ އިސްތިއުނާފް ކުރި މައްސަލަ ފުރަތަމަ ބެލި ބެންޗު ބަދަލުވެ، ދެ ވަނަ ބެންޗުން އިއްވި ހުކުމުގައި، "ހަވީރު" ހެދީ "ހަވީރު ނިއުސް އެޖެންސީ"ގެ މިލްކަކަށެވެ.
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
ޕީއެސްއެމްގެ 3.3 މިލިއަނުގެ މައްސަލަ ސުޕްރީމް ކޯޓަށް
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
42 މިލިއަން ދައްކަން ނުޖެހި އެމްޕީއެލް ސަލާމަތްވެއްޖެ
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް
ކުޑަމުރައިދޫ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް
138 މިލިއަންގެ ޖޫރިމަނާ އެމްޕީއެލުން ދޭކަށް ނުޖެހޭނެ
ހުކުމް ފަސްކުރިޔަސް، ކޯޓަށް ފައިސާ ދައްކަން އެންގިދާނެ