ދ. ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ ރަށުގައި އުޅުމަށް ފަހު އެހެން ރަށަކަށް ދަތުރުކޮށްފި ނަމަ އެ މީހަކު ކަރަންޓީން ވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
17 މާޗް 2021
ދ. ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ ރަށުގައި އުޅުމަށް ފަހު އެހެން ރަށަކަށް ދަތުރުކޮށްފި ނަމަ އެ މީހަކު ކަރަންޓީން ވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
ކުޑަހުވަދޫ ކައުންސިލް މެމްބަރު އަހުމަދު ޝާމް "މިހާރު" އަށް ވިދާޅުވީ އެ ރަށު އެއާޕޯޓުގައި މަސައްކަތްކުރާ ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެ ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ކަމަށެވެ. އެ މީހުން ކޮވިޑަށް ޓެސްޓުކުރީ ބަލި ޖެހިފައިވާ މީހަކާ ބައްދަލުވުމުން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް މިކަމުގެ ތަފްސީލް އަދި ނޭނގޭ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ކޮންޓެކްޓް ޓްރޭސިންގެ ދަށުން 130 ސާމްޕަލް މިހާރު ނަގައިފިން،" ޝާމް ވިދާޅުވި އެވެ.
ރައްކާތެރިވުމަށްޓަކައި ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ނަމަވެސް އެ ރަށު އެއާޕޯޓު އަދި ބަންދުނުކުރާ ކަމަށް ޝާމް ވިދާޅުވި އެވެ.
(1/5)
— Health Protection Agency (@HPA_MV) March 17, 2021
ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދެމެވެ. pic.twitter.com/J6M76hbmeu
ކުޑަހުވަދޫ އިން ބަޔަކު ޕޮޒިޓިވްވުމުން އެޗްޕީއޭ ކުރި ޓްވީޓެއް
އެޗްޕީއޭ އިން ބުނީ އެ ދުވަހުގެ ފަހުން އެ ރަށުގައި އުޅުމަށް ފަހު ފުރި ނަމަ، އެ މީހަކު އުޅޭ ރަށެއްގެ ސިއްހީ މަރުކަޒަށް ނުވަތަ ހޮސްޕިޓަލަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ ކަމަށާއި ކަރަންޓީންގެ މުއްދަތު ހަމަވުމުން، ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ ކަމަށް ބުންޏެވެ. އެ މީހަކު ހުރި ރަށެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނަކުން މި ކަން ހަމަޖައްސަދޭން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.
މީގެ އިތުރުން، ފެބްރުއަރީ 26 ގެ ފަހުން މާލެ އައި ނަމަވެސް ކަރަންޓީން ވާން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ. އަދި 14 ދުވަސް ހަމަވުމުން، މާލޭ ހިޔާ ކައިރި ފްލޫ ކްލިނިކަށް ނުވަތަ ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ފްލޫކްލިނިކްތަކަށް ދިއުމަށް ފަހު ސާމްޕަލް ނަގައި، ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
"ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ކުޑަހުވަދޫ އިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާކުރެއްވުމަށް ދަންނަވަން،" އެޗްޕީއޭ އިން ބުންޏެވެ.
މިހާތަނަށް 21،819 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 2،406 މީހުންނެވެ. މި ބަލި ޖެހިގެން 64 މީހަކު މަރުވެފައި ވެ އެވެ.
ކުޑަހުވަދޫ ތިންވަނަ ފަހަަރަށް މޮނިޓަރިންގެ ހާލަތަށް
ކަނޑިންމައިން އިހުމާލުވިކަމުގެ ހެކި އެބަހުރި: އާމިރު
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި
މަގުމައްޗަށް ނަޖިސް ބޭރުކުރާ ގެ ކައުންސިލުން ހޯދައިފި
ފައިބަރު މަސައްކަތުގެ ނުރައްކާ ކުޑަކުރަން ގަވާއިދެއް
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ބަލިތައް މައްޗަށް، އަދިވެސް ހަކުރު ސަބްސިޑީ ދޭންޖެހޭ؟
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން