Roadha Mihaaru
ކުޑަހުވަދޫ ތިންވަނަ ފަހަަރަށް މޮނިޓަރިންގެ ހާލަތަށް

ކުޑަހުވަދޫން މާލެ އައި މީހަކަށް ކޮވިޑް ޖެހުމުން ރަށަށް އަރައިފޭބުން ތިންވަނަ ފަހަރަށް މަނާކޮށްފި

01 އޯގަސްޓް 2021

ދ. ކުޑަހުވަދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން ތިންވަނަ ފަހަރަށް މަނާކޮށް، ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ދ. ކުޑަހުވަދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން ތިންވަނަ ފަހަރަށް މަނާކޮށް، ކުޑަހުވަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވީ، އެ ފިޔަވަޅު އެޅީ އެ ރަށުން އިއްޔެ މާލެ އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑް ޖެހުނު މީހާއާ ގުޅުން ހުރި ހަ މީހަކު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެ، އެ މީހުންގެ ސާމްޕަލް ވެސް ނަގާފައިވާ ކަމަށެވެ. މިހާރު ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރިއަށް ގެންދާއިރު، ހާލަތަށް ރިއާޔަތްކޮށް، މޮނިޓަރިންގައި ބޭއްވުމާ މެދު އެޗްޕީއޭ އިން ގޮތެއް ނިންމާނެ ކަމަށް ފިކުރީ ވިދާޅުވި އެވެ.

ކުޑަހުވަދޫގެ އިތުރުން ކޮވިޑާ ގުޅިގެން މި ހަފުތާގައި އިތުރު ހަތަރު ރަށަކަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އެއީ ހއ. ދިއްދު އާއި އެ އަތޮޅުގެ ތަކަންދު އާއި މ. ކޮޅުފުށި އަދި ށ. ފީވަކެވެ.

މި ރަށްރަށުގެ އިތުރުން މިހާރު އަރައިފޭބުން މަނާ ރަށްރަށަކީ ފުވައްމުލަކާއި ރ. ދުވާފަރާއި ގއ. ކޫއްޑޫ އާއި ށ. ފޯކައިދު އާއި ގދ. ނަޑެއްލާގެ އިތުރުން ކ. ކާށިދޫ އެވެ. މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި ވަނީ މިދިޔަ މޭ މަހުގެ ކުރީކޮޅު އެ ހާލަތަށް ގެނައި ފުވައްމުލަކެވެ.