Roadha Mihaaru
އާސަންދަގެ ހަރަދުން 12 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

އެންމެ ބޭހެއްގެ އަގު ކޮންޓްރޯލްކޮށް، އާސަންދަ އިން 12 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

23 މާޗް 2021

ބައެއް ބޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ވަކި ކުންފުނިތަކަށް ދީފައި ވާތީ، ބޭހުގެ އަގު ކޮންޓްރޯލްކުރަން ދަތި ކަމަށާއި ނަމަވެސް އެފަދަ އެންމެ ކުންފުންޏަކާ އެކު ވެވުނު އެއްބަސްވުމަކުން އާސަންދައިގެ ހަރަދުން އަހަރަކު 12 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ބައެއް ބޭސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ވަކި ކުންފުނިތަކަށް ދީފައި ވާތީ، ބޭހުގެ އަގު ކޮންޓްރޯލްކުރަން ދަތި ކަމަށާއި ނަމަވެސް އެފަދަ އެންމެ ކުންފުންޏަކާ އެކު ވެވުނު އެއްބަސްވުމަކުން އާސަންދައިގެ ހަރަދުން އަހަރަކު 12 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އާސަންދަ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭސް ވިއްކޭނެ އެންމެ މަތީ އަގެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންވެ އެކި ފާމަސީތަކުން ބޭސް ވިއްކަނީ އެކި އަގުތަކުގަ އެވެ. އެކަމަކު އާސަންދައިގެ ތެރެއިން ބޭސް ދޫކުރާ ނަމަ، އެއް އަގެއްގައި ވިއްކަން ޖެހޭ ގޮތަށް 2019 ގައި ހަމަޖައްސާފައިވާކަން ފާހަގަކުރި އެވެ.

އާސައިންދައިން ބުނީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ "އެކްސްލޫސިވް ރައިޓްސް" ލިބިފައިވާ ކުންފުނިތަކުން އެތެރެކުރާ ބޭހުގެ އަގު ކޮންޓްރޯލްކުރަން ދަތިކަމަށެވެ. އަދި އެ އަގު ކުޑަކުރަން، އެ ހައްގު ހޯދާފައިވާ ކުންފުނިތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިގޮތަށް ކުރި މަޝްވަރާގައި، "ޒޮވަންޓާ" ކިޔާ ބޭސް ރާއްޖެ އެތެރެކުރާ ފަރާތާ އެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަން އާސަންދައިން ފާހަގަކުރި އެވެ. އޭގެ ސަބަބުން އާސަންދައިގެ ހަރަދުތަކުން އަހަރު 12 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ބޭސް ވިއްކުމުގައި އެކި ފާމަސީތަކުން އެކި ގޮތްގޮތުން އޮޅުވާލާތީ އެކަން ކޮންޓްރޯލްކުރަން މިދިޔަ އަހަރު "ވިނަވި" މޯބައިލް އެޕްލިކޭޝަނެއް ނެރުނެވެ. އެ އެޕް މެދުވެރިކޮށް، އެ ޕޯޓަލް ބޭނުންކުރާ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ހޯދާ ހިދުމަތްތަކާއި ނަގާ ބޭސްތަކުގެ އަގު އަމިއްލަ އަށް ބެލޭނެ އެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ވާ ނަމަ އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ވެސް ހުށަހަޅަން އެދިފައިވެ އެވެ.