Roadha Mihaaru
އަރްޝީ ވެސް ބައިވެރިޔަކު ހޯދަން ޓީވީ ޝޯއަކަށް

އަރްޝީ ޚާން ވެސް ބައިވެރިޔަކު ހޯދަން ޓީވީ ޝޯއަކަށް

25 މާޗް 2021

ދާދި ފަހުން ނިންމައިލި ކަލާޒްގެ "ބިގް ބޮސް 14" ގައި ވާދަކުުރި އަރްޝީ ޚާން ހަޔާތުގެ ބައިވެރިއަކު ހޯދަން ޓީވީ ޝޯއަކަށް ދާން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ނިންމައިލި ކަލާޒްގެ "ބިގް ބޮސް 14" ގައި ވާދަކުުރި އަރްޝީ ޚާން ހަޔާތުގެ ބައިވެރިއަކު ހޯދަން ޓީވީ ޝޯއަކަށް ދާން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މިއީ ކުރިން ކަލާޒް އިން ގެނެސްދިން "މުޖްސޭ ޝާދީ ކަރޯގޭ" އާއި އެންޑީޓީވީ އިމޭޖުން ގެނެސްދިން "ރާކީ ކާ ސްވަޔަމްވަރު" އާ އެއް ފޯމެޓަކަށް ގެނެސްދޭ އަރްޝީގެ ޝޯގެ ނަމަކީ "އާއެގާ ތޭރާ ސަޖްނާ" ކަމަށެވެ.

"މުޖްސޭ ޝާދީ ކަރޯގޭ" އަކީ ޝެހެނާޒް ގިލް (ސަނާ) އާއި ޕާރަސް ޗާބްޅާ އެ މީހުން ވާދަކުރި "ބިގް ބޮސް 13" ނިމުމުން ހަޔާތުގެ ބައިވެރިން ހޯދަން ކަލާޒް އިން ފެށި ޝޯއެކެވެ. އެކަމަކު އޭގެ ވަކި ހިސާބަކުން އެ މީހުންގެ ޝައުގުވެރިކަން ގެއްލި، ޝޯގެ ޓީއާރްޕީ ވެސް ވެއްޓުމުން "މުޖްސޭ ޝާދީ ކަރޯގޭ" ހުއްޓާލީ އެވެ. "ރާކީ ކާ ސްވަޔަމްވަރު" އަކީ "ބިގް ބޮސް 14" ވަނަ ސީޒަނުގައި ވާދަކުރި ރާކީ ސާވަންތު އިންނާނެ މީހަކު ހޯދަން 2009 ގައި ކުރިއަށް ގެންދިޔަ ޝޯއެކެވެ.

މީޑިއާތަކުން ބުނީ އަރްޝީ ބައިވެރިޔަކު ހޯދަން ކުރިއަށް ގެންދާ ޝޯ އަންނަ މަހުގެ ފަހު ހަފުތާގެ ތެރޭގައި ކަލާޒް އިން ދައްކަން ފަށާނެ ކަމަށެވެ. އަދި އޭގެ ހޯސްޓަކީ "ބިގް ބޮސް 14" ގައި ވެސް ވާދަކުރި ރާހުލް މަހާޖަން ކަމަށް ބުންޏެވެ.

ނަމަވެސް ޝޯއާ ބެހޭ އެއްވެސް ވާހަކައެއް އަރްޝީ އާއި ކަލާޒް އިން ޔަގީންކޮށެއް ނުދެ އެވެ.

އަފްޢާނިސްތާނަށް އުފަން އެކަމަކު އިންޑިއާގެ ރަށްވެހިކަން އޮންނަ އަރްޝީ އަކީ ފިޒިއޮތެރަޕިސްޓެކެވެ. އެކަމަކު އޭނާ މަޝްހޫރުވީ މޮޑެލް/ބަތަލާއެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ "ބިގް ބޮސް" ގައި ވާދަކުރީ 2017 ގަ އެވެ. އެއީ އެ ޝޯގެ 11 ވަނަ ސީޒަންގަ އެވެ. އަދި 14 ވަނަ ސީޒަނުން އޭނާ އަށް ފުރުސަތު ލިބުނީ ޗެލެންޖާޒްއެއްގެ ގޮތުގަ އެވެ.