Roadha Mihaaru
"ބިގް ބޮސް 15" ޕްރީމިއާ އޮކްޓޯބަރު 2 ގައި

"ބިގް ބޮސް 15" ޕްރީމިއާ އަންނަ މަހުގެ 2 ގައި

20 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

ޝޯ ޕްރިމިއާކުރާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00 ގަ އެވެ.

ޝޯގެ ޕްރޮމޯތައް ޖުލައި މަހުން ފެށިގެން ދައްކަމުން އަންނަ އިރު، މި ސީޒަނާ ދިމާކޮށް ކަލާޒް އިން ވަނީ މި ފަހަރު އާ ކަމެއްކޮށްފަ އެވެ. އެއީ "ބިގް ބޮސް ވޫޓް" ގެ ނަމުގައި އެ ޗެނެލްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓް އިން ޝޯއެއް ގެނެސްދިނުމެވެ.

މިދިޔަ މަހުގެ 8 ގައި ފެށި އެ ޝޯ ހޯސްޓަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރެވެ. އެ ޝޯ ހޮނިހިރު ދުވަހު ނިންމައިލި އިރު، ޝޯ ކާމިޔާބުކުރީ ކުރިން ވެސް ރިއަލިޓީ ޝޯތަކުގައި ވާދަކޮށްފައިވާ ބަތަލާ ދިވްޔާ އަގަރްވާލް އެވެ. އޭނާ އަކީ މިހާރު ކަލާޒް އިން ދައްކާ "ހަތުރޯން ކޭ ކިލާޅީ 11" ގައި ވާދަކުރި އެކްޓަރު ވަރުން ސޫދުގެ ލޯބިވެރިޔާ އެވެ.

ބެލެވޭ ގޮތުން ސަލްމާންގެ ޝޯ ކަލާޒް ޗެނެލުން ގެނެސްދޭނީ ކަރަން ހޯސްޓްކުރި ބައިތަކާ އެކު، އިތުރު އާ ބައިވެރިންތަކެއް ވެސް ހިމަނައިގެންނެވެ. އެކަމަކު މި ފަހަރުގެ ސީޒަންގައި ބިގް ބޮސްގެ ރަސްމީ ގެއަށް ވަންނަން ބައިވެރިންނަށް މާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ސަބަބަކީ ޕްރޮމޯތަކުގައި ސަލްމާން ބުނަމުން އަންނަ ގޮތަށް ޖަންގަލި ތެރެއިން ދިމާވާ ކަންކަން އުނދަގޫ ކަންތައްތަކެއް ގިރާކުރަން ޖެހުމެވެ.

"ބިގް ބޮސް 15" ފަށަން ގާތްވަމުން އަންނަ އިރު ސަލްމާން މި ވަގުތު ހުރީ "ޓައިގާ 3" ގެ ޝޫޓިން އަށް އޮސްޓްރިއާގަ އެވެ. އެ ފިލްމުގެ މަންޒަރުތަކެއް ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެެރޭގައި ރަޝިއާ އާއި ތުރުކީގައި ވެސް ނަގާފައިވެ އެވެ.