ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 15 މިރޭ ފަށާނެ އެވެ.
02 އޮކްޓޯބަރ 2021
ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 15 މިރޭ ފަށާނެ އެވެ.
ކުލަގަދަކޮށް މިރޭ ޝޯ ޕްރީމިއާކުރާ އިރު، އޭގެ ހޯސްޓް ސަލްމާން ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ޓައިގާ 3" ގެ ޝޫޓިންގައި އޮސްޓްރިއާގައި ހުރެފައި މިހާރު ވަނީ މުމްބާއީ އަށް ވެސް އައިސްފަ އެވެ. ޝޯގެ ޕްރީމިއާ ގެނެސްދޭނީ މިރޭ ރާއްޖެ ގަޑިން 9:00 ގަ އެވެ.
"ބިގް ބޮސް 15" ގައި ވާދަކުރާ ބައިވެރިންގެ ތެރޭގައި މިހާރު ކަށަވަރު ބައިވެރިންނަކީ މިދިޔަ މަހުގެ 17 ގައި ނިންމައިލި ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓް އިން ގެނެސްދިން "ބިގް ބޮސް ވޫޓް" ގެ ބައިވެރިންގެ ތެރެއިިން އެ ޝޯ ކާމިޔާބުކިރި ދިވްޔާ އަގަރްވާލްގެ އިތުރުން ޝަމީތާ ޝެޓީ އާއި ނިޝާންތި ބަޓާއި ޕްރަތީކް ސެހެޖްޕާލްގެ އިތުރުން ތޭޖާސްވީ ޕްރަކާޝް އާއި ކަރަން ކުންދުރާ އާއި އަކާސާ ސިންގް އާއި ޑޯނަލް ބިޝްޓް އާއި އުމަރު ރިއާޒާއި ސިމްބާ ނާގްޕާލް އާއި ސާހިލް ޝްރޮފްގެ އިތުރުން މިއޭޝާ އައްޔަރު އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ އަހަރު ދަންޖެހިގެން އަމިއްލަ އަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ވެސް "ބިގް ބޮސް 15" ގައި ވާދަކުރާނެ އެވެ.
ޝޯގެ ޕްރީމިއާއާ ހަމައަށް ކަލާޒް އިން ހުރިހާ ބައިވެރިންނަކީ ކޮބައިކަން ކަށަވަރުކޮށް ނުދޭތީ، މި ބައިވެރިންތަކުގެ އިތުރުން ވެސް އިތުރު ސެލެބްރިޓީންތަކެއް ޝޯއިން ފެނުމަކީ ވެދާނެ ގޮތެކެވެ.
"ބިގް ބޮސް 15" މިރޭ ފަށާ އިރު، މި ފަހަރުގެ ޝޯ ގެނެސްދެނީ ޖަންގަލީގެ ތީމަކަށެވެ. އެހެންވެ ބިގް ބޮސްގެ ރަސްމީ ގެއަށް ވަނުމަށް ބައިވެރިންނަށް ޖަންގަލި ތެރޭގައި އުނދަގޫ ދަތުރެއްކުރަން ޖެހޭނެ އެވެ.
މި އަހަރުގެ ކުރީކޮޅު ނިންމައިލި "ބިގް ބޮސް 14" ކާމިޔާބުކުރީ ބަތަލާ ރުބީނާ ދިލައިކެވެ.
"ބިގް ބޮސް 15" ގެ ފިނާލޭ ހޮނިހިރު، އާދިއްތައިގައި
މިތުންއާ އެކު ކަލާޒް އަށް "ހުނަރުބާޒް"
ސުޝާންތުގެ ލޯބިވެރިޔާ ރިއާ "ބިގް ބޮސް 15" އަށް؟
"ބިގް ބޮސް 15" ފަސް މަހަށް ދެމިގެންދާނެ
"ބިގް ބޮސް 15" ޕްރީމިއާ އޮކްޓޯބަރު 2 ގައި
"ޔޭ ރިޝްތާ" ގެ ދެ ތަރިން "ބިގް ބޮސް 15" އަށް؟
"ބިގް ބޮސް 15" ގެ އަޑަކަށް މި ފަހަރު ރޭކާ؟
ވިޝާލް އަދިވެސް އުޅެނީ ތަވަޔަކުން ސަލާމަތް ނުވެގެން
ސަލްމާނާ އެކު "ބިގް ބޮސް 15" ގެ ޕްރޮމޯއެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް