Roadha Mihaaru
"މިހާރު"ގެ ރިޕޯޓާ އެކު ތިކިޖެހި ތާނައިގެ ބަހުސް ހޫނު

"މިހާރު"ގެ ރިޕޯޓާ އެކު ތިކިޖެހި ތާނައިގެ ބަހުސް މުޅި ރާއްޖޭގައި!

25 މާޗް 2021

ތިކިޖެހި ތާނައާ ބެހޭ ގޮތުން "މިހާރު" ނޫހުގައި އާދިއްތަ ދުވަހު ޝާއިއުކުރި ރިޕޯޓް މުޅި ރާއްޖޭގައި ވަރަށް ބަހުސަކަށްވެ، އާންމުންގެ އެތައް ބަޔަކު ހިޔާލުފާޅުކޮށްފި އެވެ.

ތިކިޖެހި ތާނައާ ބެހޭ ގޮތުން "މިހާރު" ނޫހުގައި އާދިއްތަ ދުވަހު ޝާއިއުކުރި ރިޕޯޓް މުޅި ރާއްޖޭގައި ވަރަށް ބަހުސަކަށްވެ، އާންމުންގެ އެތައް ބަޔަކު ހިޔާލުފާޅުކޮށްފި އެވެ.

"ތިކި ޖެހި ތާނަ އުވާލަން ތާއީދުތަ؟" ސުރުހީގެ ދަށުން "މިހާރު"ގައި ޝާއިއުކުރި ރިޕޯޓަށް އައި އެތައް ސަތޭކަ ކޮމެންޓުގެ ތެރެއިން 200 އަށް ވުރެ ގިނަ ކޮމެންޓް ވަނީ ޖަހައިފަ އެވެ. ޓްވިޓާ އާއި ފޭސްބުކްގައި ވެސް އެތައް ބަޔަކު އެ ރިޕޯޓް ޝެއާކޮށް އެތައް ސަތޭކަ ބަޔަކު ވަނީ ކޮމެންޓްކޮށްފަ އެވެ. އަދި ހަމައެހެންމެ، ދިވެހި ބަހާ ބެހޭ ގޮތުން އެންމެ ބޮޑު ބަހުސެއް ހިނގާ ސޯޝަލް މީޑިއާ ގްރޫޕެއް ކަމަށް ވާ "ބަސް ޖަގަހަ"ގައި އެކަން ވަރަށް ބޮޑު މައުލޫއަކަށްވެ، 500 އަށް ވުރެ ގިނަ ކޮމެންޓް އެ ރިޕޯޓަށް ލިބުނެވެ.

"މިހާރު"ގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރު ލިއުއްވި ރިޕޯޓް ބިނާކުރެއްވީ ވެސް "ބަސް ޖަގަހަ"އިގައި ފުރަތަމަ އުފެދުނު ބަހުސަށެވެ.

Thiki jehi thaana uvaalan thaaeedhu tha?

Thiki jehi thaana uvaalan thaaeedhu tha?

The most trusted news source in the Maldives

Mihaaru

ތިކިޖެހި ތާނައާ ބެހޭ ގޮތުން "މިހާރު" ގައި ޖެހި އާޓިކަލް

"މި ޕޭޖް އުފަންވިތާ މިހާރު މިވީ ހަ އަހަރު. ތިކި ޖެހި ތާނައިގެ ބަހުސަކީ މި ޕޭޖްގެ ތާރީހުގައި ވެސް ނުހިނގާވަރުގެ ފުޅާ ބަހުސެއް. އަޅުގަނޑު އުފާކުރާ ކަމަކީ އަޅުގަނޑުމެން ހީވެސް ނުކުރާ ބޭފުޅުން މި ބަހުސްގައި ބައިވެރިވެވަޑައިގެން ޚިޔާލު ފާޅުކުރެއްވިކަން،" ގާތްގަނޑަކަށް 17،000 މީހުން ހިމެނޭ އެ ޕޭޖްގެ އެޑްމިންގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

"ތިކިޖެހި ތާނައިގެ ބަހުސް އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ހިނގާ. އެކަން އެހެން އޮއްވާ ވަރަށް ފަހުން މިކަން ވަރަށް ހޫނު ބަހުސަކަށް ވެގެން މިދިޔައީ. މިއީ އަޅުގަނޑުމެން ވަކި ގޮތަކަށް ބައެއްގެ ވިސްނުން ހިންގުވަން ކުރާ ކަމެއް ނޫން. ބޭނުމަކީ މިކަމާ ދޭތެރޭ ވެސް ވިސްނާލުން. ބަހުސް ކުރުން."

ބަހުސްގެ މައިގަނޑަކީ ތިކި ޖެހިތާނަ އުވާލަންވީތޯ އާއި ނުވަތަ ނޫންތޯ އެވެ. ތިކި ޖެހި ތާނަ އުވާލަން ބައެއް މީހުން ތާއީދުކުރާއިރު، އަނެއް ބަޔަކު އެކަމަކަށް ތާއީދެއް ނުކުރެ އެވެ. ގިނަ މީހުން ފާޅުކުރަނީ ތާއީދު ކުރާ ސަބަބާއި ތާއީދު ނުކުރާ ސަބަބެވެ.

"މިހާރު"ގެ ރިޕޯޓަށް ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ވަރަށް އިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ބައެއް ބޭފުޅުން ވަނީ ސޯޝަލް މީޑިއާގައި މިކަމާ ބެހޭ ގޮތުން ތަފާތު ސްޓޭޓަސްތައް ވެސް ލިޔުއްވައިފަ އެވެ.

"މިހާރު"ގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވީ ތިކިޖެހި ތާނައަކީ އޭނާގެ ނޫސްވެރިކަން މީގެ 30 އަހަރު ކުރިން ފެށި އިރު ވެސް ބައެއް މީހުންގެ މެދުގައި އޮތް މައުލޫއެއް ކަމަށެވެ. އަދި އޭރުގެ "ހަވީރު"ގައި މަސައްކަތްކުރި ޒުވާން ނޫސްވެރިން ބައެއް އަކުރުތަކުގައި ތިކި ނުޖަހާ ގޮތަށް ލިއުންތައް ބައްޓަން ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

"އެގޮތަށް އޭރު އަޅުގަނޑުމެން ހެދީ، މިސާލަކަށް ދިވެހި ބަހުގެ ލަފުޒަކަށް އަރަބި ލަޒުފެއް ވީމާ އެ ދެން ނުޖެހެއޭ ކޮންމެހެން އަރަބިން ކިޔާ ގޮތަށް އޮންނާކަށް. ދިވެހިން ކިޔެން ޖެހޭނެއޭ އެކަމަށް ވަކި ހާއްސަ އަކުރުތަކެއް ނުހަދައި،" މޫސަ ވިދާޅުވި އެވެ.

އޭނާ އޭގެ އަނެއް މިސާލު ދައްކަވަމުން ނެންގެވީ "ގައުމު" މި ލަފުޒެވެ. ހުރިހާ ދިވެހިން ކަހަލަ ގޮތަކަށް "ގައުމު" ކިޔާނީ އަަރަބީގައި އޮންނަ "ޤ"ގެ އަޑު ނެތި ސީދާ ދިވެހީގެ "ގ"ގެ އަޑުން ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރު ވެސް އެކަން ކުރީ ހިނގާށޭ ދިވެހި ބަސް ދިވެހިކުރަން. ދިވެހި ބަސް އަރަބިކުރާކަށް، އުރުދޫ ކުރާކަށް، ނޫނީ ފާރިސީކުރާކަށް ނުޖެހެއޭ، އޭރު އަޅުގަނޑުމެން ކަހަލަ ޒުވާން ލިއުންތެރިން ވިސްނީ،" މޫސަ ވިދާޅުވި އެވެ.

"މިހާރު"ގެ ރިޕޯޓާ މެދު އޭނާ ވިދާޅުވީ "އެއީ ވަރަށް މުހިންމު ބަހުސެއް" ކަމަށެވެ. ދިވެހިވަންތަކަމާ ގުޅޭ، ދިވެހި ބަސް ކަހަލަ ބޮޑު ކަމެއްގައި އާންމު ރައްޔިތުން ތަފާތު ހިޔާލުތައް ފާޅުކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރަައްވަ އެވެ.

"މިކަހަލަ ބަހުސްތަކަކަކީ އެއްވެސް މީހަކު ރުޅިއަންނަން ޖެހޭ ކަމެއް ނޫން. ޒަމާން ބަދަލުވެއްޖެ. ކިޔަވާކުދިންގެ ވިސްނުން ބަދަލުވެއްޖެ. ހީނުކުރާ ކަންކަން އެބަ ތައާރަފުވޭ. އެހެންވީމާ ބަހަށް ވެސް ބަދަލު އަންނާނެ،" މޫސަ ވިދާޅުވި އެވެ.

"ވަރަށް ހިތްހަމަޖެހޭ އިސްމާއިލް ކަހަލަ އިސް ލިއުންތެރިޔަކު ކިއުންތެރިންނާ ހަމައަށް އެ މައުލޫއު ގެނެސްދިނީމާ. މިހާ ވަރަށް ކޮމެންޓް ލިބުނު ރިޕޯޓެއް އަދި ނުދެކެން، މި ދެންނެވީ އަޅުގަނޑުމެންގެ ނޫހަށް އައި ކޮމެންޓްތައް އެކަންޏެއް ނޫން، މުޅި ސޯޝަލް މީޑިއާގައި ފާޅުކުރި ކޮމެންޓްތައް ލައިގެން."