Roadha Mihaaru
ޔޫޓިއުބުން 250،000 ޑޮލަރު ހޯދުމުގެ ފުރުސަތު

ޔޫޓިއުބް ކޮންޓެންޓް ހަދައިގެން 250،000 ޑޮލަރު ހޯދުމުގެ ފުރުސަތު

26 މާޗް 2021

ހިލޭ ކައިގެން އަގުބޮޑު އިނާމު ލިބޭ ފާސްޓް ފުޑް ރެސްޓޯރަންޓެއްގެ ހިދުމަތް މިދިޔަ އަހަރު ފެށި އެމެރިކާގެ މަޝްހޫރު މިސްޓަ ބީސްޓް އަނެއްކާ ވެސް އިތުރު އެހީއަކަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިލޭ ކައިގެން އަގުބޮޑު އިނާމު ލިބޭ ފާސްޓް ފުޑް ރެސްޓޯރަންޓެއްގެ ހިދުމަތް މިދިޔަ އަހަރު ފެށި އެމެރިކާގެ މަޝްހޫރު މިސްޓަ ބީސްޓް އަނެއްކާ ވެސް އިތުރު އެހީއަކަށް ހުޅުވާލައިފި އެވެ.

ޔޫޓިއުބާއެއްގެ ގޮތުގައި މިސްޓަ ބީސްޓްގެ ނަމުން މަޝްހޫރުވި ޖިމީ ޑޮނަލްޑްސަން ބުނީ އޭނާ މި ފަހަރު ފުރުސަތު ހުޅުވައިލަން ނިންމީ ޔޫޓިއުބް ކޮންޓެންޓް ތައްޔާރުކުރެވޭ އެކްސްޗޭންޖް ޕްރޮގްމަކަށަވެ. އެ ދާއިރާ އިން ކުރިއަރަމުން އަންނަ އަދި ކުރިއަށް ދާން ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށްގެން މިސްޓަ ބީސްޓް ވަނީ ދެ މިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖައްސައިފަ އެވެ.

އުފެއްދުންތެރިކަމުގެ ޝައުގުވެރި ކޮންޓެންޓްތައް އެކްސްޗޭންޖްކޮށްގެން ކޮންމެ ކްރިއޭޓަރަކަށް ފަންޑުގެ ދަށުން 250،000 ޑޮލަރު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. އެއީ އެގޮތަށް ކުރިއަރާ ކްރިއޭޓަރުންގެ ޔޫޓިއުބްގެ ޗެނެލްތަކުގެ ހިއްސާ ވެސް މިސްޓަބީސްޓަށް ލިބޭ ގޮތަށެވެ.

މި ފަންޑަކީ އަލަށް އުފެއްދި ކުންފުންޏެއް ކަމަށްވާ "ކްރިއޭޓިވް ޖޫސް" ގެ ބައެކެވެ. މިސްޓަ ބީސްޓަކީ އޭގެ އިންވެސްޓަރެކެވެ. ނަމަވެސް އަދި މިކަން ކުރިއަށް ގެންދާނެ ގޮތުގެ މާ ބޮޑު ތަފުސީލެއް ހާމައެއްނުކުރެ އެވެ. "ކްރިއޭޓިވް ޖޫސް" އިން މިހާރު އަންނަނީ މި ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކުރުމުގެ ތައްޔާރީތައްވަމުންނެވެ.

ކްރިއޭޓަރުންނަށް ފުރުސަތު ހުޅުވައިލާ ވާހަކަ ބުރާސްފަތި ދުވަހު ޓްވިޓާގައި އިއުލާންކޮށް މިސްޓަ ބީސްޓް ބުނީ ޔޫޓިއުބް ކްރިއޭޓަރުންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެމެރިކާގެ ކަންޒަސް އަށް އުފަން 22 އަހަރުގެ މިސްޓަ ބީސްޓަކީ ޔޫޓިއުބްގައި ސަބްސްކްރައިބަރުން އެންމެ ގިނަ އެކެކެވެ. އެ އަދަދު 56 މިލިއަނަށް އަރަ އެވެ. މިސްޓަ ބީސްޓް ޔޫޓިއުބް ވީޑިއޯތައް ހަދަން ފެށީ އުމުރުން 13 އަހަރުގައި 2011 ގަ އެވެ.