14 ނޮވެމްބަރ 2016
އަންނަ އަހަރުގެ ބަޖެޓުން ޝަރުއީ ދާއިރާ އަށް ކަނޑައަޅާފައިވާ އަދަދުން ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ނުދެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
އަންނަ އަހަރުގެ ބަޖެޓުން ޝަރުއީ ދާއިރާ އަށް ކަނޑައަޅާފައިވާ އަދަދުން ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ނުދެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
އަންނަ އަހަރަށް ޝަރުއީ ދާއިރާ އަށް ލަފާކުރާ ބަޖެޓް ޑީޖޭއޭ އިން ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅި އިރު އޮތީ 475 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ހުށަހެޅި އިރު އޮތީ އެ އަދަދު 367 މިލިއަން ރުފިޔާ އަށް ދަށް ކޮށްފަ އެވެ.
ޑީޖޭއޭ އިން ނެރެފައިވާ އަންނަ އަހަރުގެ ޝަރުއީ ދާއިރާގެ ބަޖެޓް ރިޕޯޓްގައިވާ ގޮތުން ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި ޖުޑިޝަލް އެކަޑަމީ އާއި ކޯޓުތަކުގެ ސަރަހައްދީ ގޮފިތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 378 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެކަމަކު ޝަރުއީ ދާއިރާގެ ހުރިހާ ކަމަކަށް ސަރުކާރުން ހުށަހެޅީ 367 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ވާ އިރު އެ އިން މުސާރަ އާއި އިނާޔަތްތައް ވެސް ހަމަ ނުޖެއްސޭނެ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި މި އަހަރު ވެސް މުސާރަ އާއި އިނާޔަތްތަކަށް އެކަށީގެންވާ ބަޖެޓެއް ނުލިބޭތީ ތިން މިލިއަން ރުފިޔާގެ ދަތިތަކެއް ކުރިމަތިވި ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
"2017 ވަނަ އަހަރަށް ބަޖެޓް ސީލިންގެ ތެރެއިން ޝަރުއީ ދާއިރާ އަށް އަންދާޒާ ކޮށްފައިވާ ބަޖެޓުން ބޮޑު ބައެއް އުނި ކުރުމުގެ ސަބަބުން ދާއިރާގެ ހިންގުން ހުއްޓުމަކަށް އަންނާނެ،" އެ ރިޕޯޓްގައިވެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގެ ސަބަބުން ފަނޑިޔާރުންނަށް އިތުރު ތަމްރީނު ދިނުމާއި ކޯޓުތައް މަރާމާތު ކުރުމާއި މައްސަލަތައް އަވަހަށް ނިންމަން ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ވެސް އަންނަ އަހަރު ހުއްޓުމަކަށް އަންނާނެ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ފަނޑިޔާރުންގެ އިންޝުއަރެންސް މި އަހަރުން ފެށިގެން ބޮޑު ކޮށްފައިވާ އިރު އަންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނާފައި ނެތުމުން ފަނޑިޔާރުންގެ އިންޝުއަރެންސް ހުއްޓުމަކަށް އަންނާނެ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ޑީޖޭއޭ އިން ސަރުކާރަށް ހުށަހެޅި 475 މިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރު ޝަރުއީ ދާއިރާ އަށް ލިބުނު ބަޖެޓަށް ވުރެ ހަ މިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. އެ އަދަދަކީ ކުޑަ ކުރެވެން ހުރި ހުރިހާ ޚަރަދުތަކެއް ކުޑަކޮށް، ޕްރޮގްރާމްތައް ދުރާލައި ރޭވުމަށް ފަހު ފަހު ހުށަހެޅި އަދަދެއް ކަމަށް ރިޕޯޓްގައިވެ އެވެ.
ބަޖެޓް ކުޑަވުމުން އެކަމުގެ ޝަކުވާ ޑީޖޭއޭ އިން ކުރި އިރު ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ބަޖެޓް ބޮޑު ކުރުމުގެ ވިސްނުން މުއައްސަސާތަކުން ދޫކޮށްލަންޖެހޭ ކަމަށެވެ. ބަޖެޓް ދިރާސާ ކުރުމާއި ބަހުސް މަރުހަލާ މަޖިލީހުގައި މިހާރު ދަނީ ހިނގަމުންނެވެ.
ޖުޑިޝަރީގެ ބަޖެޓު ބޮޑު ނުކުރަން ކޮމިޓީން ނިންމައިފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ކޯޓުތަކުގެ އިމާރާތުގެ ކުރެހުން ނިމުނަސް ފައިސާއެއް ނެތް
ޖުޑިޝަރީގެ ސްޓާފުންނަށް މުސާރައިގެކުރިއެރުން ދެން ނުދޭނެ
ޖުޑިޝަރީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބި
"ސޯޝަލް މީޑިއާ އެކައުންޓްތައް ހޯދަނީ އިދާރީ ބޭނުމަށް"
ކޯޓުތަކުން މައްސަލަ ލަސްވާ މައްސަލަ ޖޭއެސްސީން ބަލަނީ
"އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ އުސޫލެއްގެ ތެރެއިން"
ކޯޓުތަކުގެ ބައެއް އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ
ކުށާއި ދަރަނީގެ ރެކޯޑް އީމެއިލް އިން ސާފުކުރެވޭނެ