Roadha Mihaaru
ޑީސީޕީއަކަށް އަލީ ރަޝީދު އައްޔަންކޮށްފި

ޑީސީޕީއަކަށް އަލީ ރަޝީދު އައްޔަންކޮށްފި

28 މާޗް 2021

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަަރު (ޑީސީޕީ) އަކަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ރަޝީދު އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަަރު (ޑީސީޕީ) އަކަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ރަޝީދު އައްޔަންކޮށްފި އެވެ.

އޭނާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ ބުރާސްފަތި ދުވަހެވެ. މަގާމުގެ ލިޔުން ހަވާލުކުރުމަށް މިދިޔަ ހުކުރު ދުވަހު ވަނީ އިސްކަންދަރު ކޮށީގައި ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ އަލީ ރަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތައް ބެލެހެއްޓުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން، ރިސޯސަސް މެނޭޖްމަންޓުގެ ކަންތައްތައް ބަލަހައްޓަނީ ވެސް އޭނާގެ ދަށުންނެވެ.

އަލީ ރަޝީދު ވަނީ މެލޭޝިޔާ އިން ޝަރީއާ އެންޑް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފައި ވެ އެވެ.

އަލީ ރަޝީދުގެ އިތުރުން ޑީސީޕީ އަށް ދެން ހުންނެވީ އަބްދުލް މަންނާން ޔޫސުފެވެ.