Roadha Mihaaru
ދެ ދުވަހު ތެރޭގައި ހުރިހާ ސާމްޕަލްތައް ޓެސްޓްކުރެވޭނެ

ކޮވިޑް-19: ބާކީ ޓެސްޓްތައް ދެ ދުވަހެއްގެ ތެރޭގައި ނިމޭނެ: ނަސީމް

31 މާޗް 2021

ކޮވިޑް-19 އަށް ޓެސްޓް ކުރަން މިހާރު ނަގާފައިވާ ގިނަ އަދަދެއްގެ ސާމްޕަލް ޓެސްޓް ނުކުރެވި، އުފެދިފައިވާ ބެކްލޮގް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމައިލެވޭނެ ނިންމައިލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށް ޓެސްޓް ކުރަން މިހާރު ނަގާފައިވާ ގިނަ އަދަދެއްގެ ސާމްޕަލް ޓެސްޓް ނުކުރެވި، އުފެދިފައިވާ ބެކްލޮގް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމައިލެވޭނެ ނިންމައިލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަަޖިލީހުގެ މިއަދުގެ ޖަަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ، ވަރަށް ގިނަ އަދަދެއްގެ މީހުންގެ ސްވޮޕް ނަގާފައި އެބަހުރި ކަމަށާއި އޭގެ ތެރެއިން 3،000 ނުވަތަ 4،000 ސާމްޕަލް އަދި ހުރީ ޓެސްޓް ނުކުރެވި ކަމަށެވެ. ނުނިމި ހުރި ސާމްޕަލްތައް ގިނަަވެގެން އުޅެނީ އޭނާ ވިދާޅުވި ގޮތުގައި، ޓެސްޓް ކުރަން ޖެހޭ މީހުންގެ އަދަދު މާ ގިނަވި އިރު އެކަން ކުރުމުގެ ގާބިލުކަން އެވަރަށް ނެތުމުންނެވެ.

ގާބިލުކަން އިތުރުކުރަން ބޭނުންވާ ވަސީލަތްތައް [މެޝިނަރީ އާއި ޓެސްޓްކިޓް ފަދަ ތަކެތި] އަންނަ އޭޕްރީލް މަހު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭރުން ކަންތައްތައް މިހާރަށް ވުރެ ރނގަޅުވާނެ ކަމަށާއި މިހާރު ނުނިމި ހުރި ސާމްޕަލްތަކުގެ ކަންތަކުގައި މަޝްވަރާ ކުރަން އިއްޔެ ހަވީރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެނަށް ސޮލިއުޝަނެއް ލިބޭނެ. އެ ކަންތައްތައް ސާފުވީމާ ދެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ،" ނަސީމް ވިދާޅުވި އެވެ.

ޓެސްޓް ކުރުމުގެ ގާބިލުކަން އިތުުރުކުރަން ބޭނުންވާ ވަސީލަތްތަކާ ގުޅޭ ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ. ވިދާޅުވީ އެއީ ޕްރޮގްރާމެއްގެ ދަށުން ލިބޭ ތަކެތި ކަމަށެެވެ. ޓެސްޓް ކުރުމުގެ ކަންތަކުގައި އެހާތަނަށް އުޅެން ޖެހޭނީ ދަތީގައި ކަމަށް ވެސް ވިދާޅުވި އެވެެ.

ރާއްޖޭގައި އާއްްމުންގެ ތެރެއަށް ފުރަތަމަ ކޮވިޑް ފެތުރުނީ މާލޭގައި ކަމަށް ވިޔަސް. މިހާރު ވަރަށް ގިނަ ރަށްްތަކަކުން ވެސް ވަނީ ކޭސްތައްް ފެނިފަ އެވެ. އެ ރަށްރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ކަަރަންޓީނުކޮށް، ސާމްޕަލްތައް ވަނީ ނަގައިފަ އެވެ. ގިނަ އަދަދެއްގެ ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ލަސްވާތީ އާއްމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީހުން ކަންބޮޑުވާ އެއް ކަމަކީ ޓެސްޓްތައް ނުނިމޭތީ، އެ މީހުން ކަރަންޓީނުގައި ހޭދަކުރަން ޖެހޭނެ މުއްދަތެއް ނޭނގޭތީ އެވެ.