ކެއުންބުއިމުގެ ޚިދުތްދޭ ތަންތަން، ކުރިއަށް އޮތް ރޯދަމަސް ފެށެންދެން މެންދަމު އެކެއް ޖަހަންދެން ހުޅުވައިގެން ޚިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަ ދީފި އެވެ.
ކެއުންބުއިމުގެ ޚިދުތްދޭ ތަންތަން، ކުރިއަށް އޮތް ރޯދަމަސް ފެށެންދެން މެންދަމު އެކެއް ޖަހަންދެން ހުޅުވައިގެން ޚިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަ ދީފި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 13 ގަ އެެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރޯދަމަސް ފެށެންދެން، ކެފޭ/ރެސްޓޯރަންޓު ނުވަތަ ކެއުންބުއިމުގެ ޚިދުމަތް ދޭ ތަންތަން ފަތިހު 4:30 އިން މެންދަމު އެކެއް ޖަހަންދެން މިހާރު ހުޅުވިފައި ބެހެއްޓޭނެ ކަމަށެވެ.
ނަމަވެސް އެ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓުމަށް ސަރުކާރުން ހުއްދަ ދީފައި ވަނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގަ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރިފައިވާތީ މިހާރު ކެފޭ/ރެސްޓޯރަންޓުތައް ހުޅުވިފައި ބެހެއްޓެނީ ރޭގަނޑު 10:30 ވަންދެންނެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު، އާންމު އުސޫލަށް އެ ގަޑިތައް ފެތުނީ އެވެ.
ކެއުންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑި އިތުރުކުރިޔަސް ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ހަދާފައިވާ ގައިޑްލައިނަށް އަމަލުކުރަން އިކޮނޮމިކް މިނިސްޓްރީން އެދެ އެވެ.
ރޯދަމަހުގެ ދަންވަރު 1 ޖަހަންދެން ފިހާރަތައް ހުޅުވޭނެ
ހުޅުމާލޭގައި ފުރަތަމަ ފްލޯގައި ވިޔަފާރިކުރަން ހުއްދަދެނީ
ހޮޓާ/ ކެފޭތަކަށް ކުރިއެކޭ އެއްގޮތަށް ހުއްދަދީފި
ކާފިއު ގަޑީގައި ޑެލިވަރީއަށް ދޭ ހުއްދަ ލިމިޓްކޮށްފި
ޓީ ޖެޓީން ރޯދަ ވީއްލައިގެން އުމްރާ ދަތުރެއް
އެހީވާން އެންމެ ދުވަހަކުން 90،000 ރުފިޔާ ހޯދައިފި
ރޯދަ މަހު ފިހާރަތައް ދަންވަރު 12 ޖަހަންދެން ހުޅުވޭނެ
ރޯދަމަހަށް ލުއިތައް ދޭން ވިސްނަން: މައިމޫނާ
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަަމައަށް
ރޯދަ މަހު ވިޔަފާރި ކުރެވޭ ގަޑިތައް ކަނޑައަޅައިފި