Roadha Mihaaru
ރޯދަ މަހު ފިހާރަތައް ދަންވަރު 12 ޖަހަންދެން ހުޅުވޭނެ

ރޯދަ މަހު ފިހާރަތައް ދަންވަރު 12 ޖަހަންދެން، ކެފޭތައް 3 ޖަހަންދެން

02 އެޕްރީލް 2021

ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހާ ހަމައަށް ފިހާރަތައް ދަންވަރު 12 ޖަހަންދެން އަދި ކެފޭ/ރެސްޓޯރެންޓްތައް ދަންވަރު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން އިއްޔެ ކަނޑައަޅައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހާ ހަމައަށް ފިހާރަތައް ދަންވަރު 12 ޖަހަންދެން އަދި ކެފޭ/ރެސްޓޯރެންޓްތައް ދަންވަރު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން އިއްޔެ ކަނޑައަޅައިފި އެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މުދާ ވިއްކާ ތަންތަން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ފަތިހު 5:30 އިން މެންދަމު 12:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

މުދާ ވިއްކާ ތަންތަން ރޯދަ މަހު ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން މެންދަމު 12:00 އަށެވެ. އަދި ކަސްޓަމަރުންނަށް ހުޅުވައިގެން މުދާ ވިއްކުމުގެ ހިދުމަތްދޭ ތަންތަނުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ބުނެފައި ވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 13 ގަ އެެވެ.

މީގެ އިތުރުން ކެފޭ/ރެސްޓޯރަންޓްތަކުގެ ހިދުމަތް ވެސް ރޯދަ މަހު ދެވޭނެ ވަގުތުތައް އެ މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. އެއީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގަ އެވެ.