Roadha Mihaaru
ބަންދުކޮށްގެން އިބްރާ ކޯޓަށް ހާޒިރުކޮށްދޭން އެދިއްޖެ

ބަންދުގައި ބަހައްޓައިގެން އިބްރާ ކޯޓަށް ހާޒިރުކޮށްދޭން އަމުރުކޮށްފި

01 އެޕްރީލް 2021

ބަންދުގައި ބަހައްޓައިގެން މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަންދުގައި ބަހައްޓައިގެން މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކޮށްފި އެވެ.

އެ އަމުރުގައި ބުނީ އިބްރާއަކީ ހުކުމް ތަންފީޒުކުރުމަށް ކޯޓަށް ހާޒިރުކުރެވިފައިނުވާ ބޭފުޅެއް ކަމަށެވެ. އެހެންވެ، ބަންދުގައި ބަހައްޓައިގެން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 1:45 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަމުރުކޮށްފައި ވެ އެވެ.

އޭނާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުންނެވެ.

އެމްޑީޕީއަށާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވާ އިބްރާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޗިޓެއް ހިފައިގެން އެ ގެއަކަށް ނުދާ ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި، އެހެން މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޯޓަށް އެތައް ޗިޓެއް މެއިލުންނާއި ވައިބާއިން މަށަށް ފޮނުވާ. ދެރޭ ކުރިން ވެސް ފޮނުވި،" ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މެމްބަރުކަން ކުރެއްވި އިބްރާ ވިދާޅުވި އެވެ.

"ދެން އެކަމަކު ވެސް ހެޔޮ. ހަމަ ގާނޫނު އަސާސީ ވިއްކާލީ. ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރު ވެސް މަށަށް އެނގޭ،" އޭނާ ވިދާޅުވި އެވެ.