09 އެޕްރީލް 2021
އާއިލާގެ އެންމެން ވެސް ތިބީ ކުއްލި ޝޮކެއްގަ އެވެ؛ ހަތް ދަރިންގެ، އުމުރުން ދުވަސްވީ މަންމަ، އައިޝަތު އަބޫބަކުރު ކުއްލި ހާލަތުގައި މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެނީ އެވެ. ރ. އިނގުރައިދޫގައި އިއްޔެ މެންދުރުފަހު "ގޭސްފުޅިއެއް ގޮވައި"، ފިހުނު 70 އަހަރުގެ އަންހެން މީހާގެ ހާލު، އާއިލާ އިން ބުނާ ގޮތުގައި "ވަރަށް ކްރިޓިކަލް" އެވެ. އަނެއްކޮޅުން ގެ އޮތީ ސިކުންތުކޮޅެއްގެ ތެރޭގައި ބިމާ ހަމަވެފަ އެވެ.
އާއިލާގެ އެންމެން ވެސް ތިބީ ކުއްލި ޝޮކެއްގަ އެވެ؛ ހަތް ދަރިންގެ، އުމުރުން ދުވަސްވީ މަންމަ، އައިޝަތު އަބޫބަކުރު ކުއްލި ހާލަތުގައި މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެނީ އެވެ. ރ. އިނގުރައިދޫގައި އިއްޔެ މެންދުރުފަހު "ގޭސްފުޅިއެއް ގޮވައި"، ފިހުނު 70 އަހަރުގެ އަންހެން މީހާގެ ހާލު، އާއިލާ އިން ބުނާ ގޮތުގައި "ވަރަށް ކްރިޓިކަލް" އެވެ. އަނެއްކޮޅުން ގެ އޮތީ ސިކުންތުކޮޅެއްގެ ތެރޭގައި ބިމާ ހަމަވެފަ އެވެ.
"ހީވީ ހަމަ ބޮމެއް ގޮވިހެން. ބާރު އަޑަކާ އެކު ދެން ފެނުނީ ފާރުތައް ވެއްޓުނުތަން،" ގުލްހަޒާރުގޭގައި ހާދިސާ ހިނގި އިރު، އެ ގެއާ ވަރަށް ކައިރީގައި ހުރި ޒުވާނަކު ސިފަކޮށްދިނެވެ.
އޭނާ އެ ދިމާއަށް ދުއްވައިގަތް އިރު އެހެން މީހުން ވެސް ހަޅޭއްލަވަމުން ދިޔަ އެވެ.
"ސިކުންތުކޮޅެއްގެ ކަމެއް އެއީ،" އޭނާ ކިޔައިދިނެވެ.
އާއިލާ އިން ބުނާ ގޮތުގައި ގޭސް ފުޅި ގޮވީއެއް ނޫނެވެ. އެ ހާދިސާ ތަހުގީގުކުރަން އުޅުނު ކަމާ ބެހޭ ފަރާތުގެ ޓީމާ ހަވާލާ ދީ، އައިޝަތުގެ ދަރިއަކު ބުނި ގޮތުގައި ގޭސް ލީކް ވެފައި ހުއްޓާ ބަދިގޭގެ ދޮރު ހުޅުވުމާ އެކު ބަދިގެ ގޮވީ އެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް އެނގިފައި އޮތީ އެ ގޮތަށް. މަންމަ ވެސް ބުނަނީ އެހެން،" އޭނާ ކިޔައިދިނެވެ. "މަންމަ ބުނަނީ ގޭސް ވަސް ދުވާތީ ބަދިގޭގެ ދޮރު ހުޅުވާލުމާ އެކު ބަން ލައިފައި ގޮވީ ކަމަށް. އަލިފާންގަނޑެއް އުފެދި ގައިގައި ރޯވީ ކަމަށް."
އައިޝަތުގެ ހާލު ސީރިއަސް ނަމަވެސް، ބައެއް ފަހަރު ވާހަކަ ދެކެވެ އެވެ. އެކަމަކު ޑޮކްޓަރުންނާ ހަވާލާދީ ވާހަކަ ދެއްކި ދަރިފުޅު ބުނަނީ އެ ހާދިސާއިން ލިބުނު ގެއްލުންތަކުންް މަންމަ ސަލާމަތްވުމުގެ އުންމީދު އެބަ އޮތް ކަމަށެވެ.
"ހަށިގަނޑުގެ 50 ޕަސެންޓް އޮތީ ފިހިފައި. އެކަމަކު ޑޮކްޓަރުން އެބަ މަސައްކަތް ކުރޭ،" އޭނާ ބުންޏެވެ.
އައިޝަތު، ޖެޓީ ސަރަހައްދުގައި އުޅެފައި ގެއަށް ދިޔައިރު ވަރަށް ގަދަ އަށް ގޭސް ވަސް ހުރި ކަމަށް ވެ އެވެ. އޭރު ގޭގެ ކޮޓަރިއެއްގައި، އައިޝަތުގެ ދަރިއެއްގެ އަންބަކު ވެސް އުޅެ އެވެ. އަޑުފައްގަނޑާ އެކު އޭނާ ކޮޓަރީގެ ދޮރުހުޅުވާލި ވަގުތު ހޭނެތިގެން ބިންމައްޗަށް ވެއްޓުނީ އެވެ. އޭނާ އަކަށް އެހާ ބޮޑު ގެއްލުމެއް ނުލިބެ އެވެ. އެކަމަކު ލިބިފައިވާ ޝޮކާ އެކު މިހާރު ވެސް އޭނާއަކަށް އެ ހާދިސާއެއް ކިޔައެއް ނުދެވެ އެވެ.
"މަންމަ ބުނަނީ އެއީ ހަމަ ކުއްލިއަކަށް ވީ ކަމެކޭ. ހުޅުގަނޑު އައިސް ގައިގައި ހިފައިގެންފިއޭ. ދެން މަންމަ ބިންމައްޗަށް ވެއްޓިއްޖެ. ގައިގެ އެތަންމިތަނުން ލޭ އަންނަން ފަށައިފި. ހަމަ އެވަގުތު ފާރުތައް ވެސް ވެއްޓިއްޖެ. ފުރާޅުން ވެސް ބައެއް ގޭތެރެއަށް ވެއްޓިއްޖެ. ނަސީބަކުން މަންމަގެ ގަޔަކަށް އެއްވެސް އެއްޗެއް ނުވެއްޓޭ،" ދަރިފުޅު ކިޔައިދިނެވެ.
"ކެމްޕެއިން ދުވަސްކޮޅު ވީމަ ވަރަށް ގިނަ ބަޔަކު އެ ވަގުތު މަގުމަތީގައި އުޅޭ. އެ އަޑާއެކު މީހުން ގޭތެރެއަސް ގޮސް ސައިކަލެއްގައި މަންމަ ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔައީ. އޭގެ ފަހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް މިހާރު މާލޭގައި މިތިބީ."
އައިޝަތުގެ އެއް ދަރިފުޅު އެމްއެންޑީއެފްގައި މަސައްކަތް ކުރާތީ. ބޭސްފަރުވާގެ ހުރިހާ ހަރަދެއް ކުރަނީ އެމްއެންޑީއެފުންނެވެ. އެކަމަކު ތިން ކޮޓަރީގެ ގެ ބިމާ ހަމަވެފައިވާތީ، އާއިލާގެ ކަންބޮޑުވުމަކީ އެ ގެ ހެދޭނެ ގޮތެކެވެ.
"ބައްޕަ ހަދާފައި ހުރި ގެއެއް އެއީ ކުރިން. އެކަމަކު އެ ގެއަކީ ބާގެއެއް ވެސް ނޫން. މީގެ ދެ އަހަރެއްހާ ދުވަސްކުރިން ހަދާފައިވާ ކޮޓަރިއެއް ވެސް ގޭގައި ހުންނާނެ،" އޭނާ ބުންޏެވެ.
އެ ހާދިސާގައި ގެއަށް ވަރަށް ބޮޑުވަރު ވެފައި ވަނިކޮށް، ރޭގެ ވިއްސާރައިގައި ވެސް އެ ގެ އަށް ވަނީ ވަރަށް ބޮޑެތި އެހެން ގެއްލުތަކެއް ލިބިފަ އެވެ. އައިޝަތުގެ ދަރިފުޅު ބުނާ ގޮތުން، ގެ މިހާރު ޖެހޭނީ ބިމާ ހަމަކޮށްލައި އާ ގެއެއް އަޅާށެވެ.
"ގޭގެ ފުރާޅު ފޫގޮސްފައި އޮއްވައި ރޭ ކުރި ވިއްސާރައިގައި އޭސީ އާއި ޓީވީ އާއި އެހެނިހެން ހުރިހާ ސާމާނު ވެސް މިހާރު ހުރީ ބޭނުން ނުކުރެވޭވަރު ވެފައި. ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. އަޅުގަނޑު އެދެން ގެ ނަގައި ކޮޅަށް ޖަހައި ބޯހިޔާކޮށްލާނެ ގޮތެއް ހޯދަން. އެކަމަށް އެހީތެރިވާން ބޭނުންވާ ބޭފުޅަކު ހުރި ނަމަ އަޅުގަނޑުމެންނަށް ގުޅަން އެދެން،" އޭނާ ބުންޏެވެ.
"މީހަކަށް ގަބޫލު ވެސް ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް މިއީ. ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދިރިއުޅުން މި ބިމާ ހަމަވީ،" އޭނާ ބުންޏެވެ.
10 މީހުންނާ އެކު ދަތުރުކުރި ދޯންޏެއްގައި ރޯވެއްޖެ
އިވްނިންގް ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
ޑްރަގް އައްޑާއަކަށް ވެފައިވާ ޖަގަހާގައި ރޯވެއްޖެ
ޖަނަވަރީ މަގު ފިހާރައެއްގައި ރޯވެއްޖެ
ޓީ ޖެޓީގެ ބޮޑު ހުޅު: ފަރުވާ ކުޑަކުރުމުގެ ނަތީޖާއެއް؟
ދޮޅު ގަޑިއިރު ފަހުން އަލިފާން ނިއްވާލައިފި
ރޭގެ އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި
ގުދަނެއްގައި ރޯވެ، 3 މީހަކު ފިހި،ބޮޑެތި އަނިޔާތަކެއް
ފިޔޯރީގެ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ
މާލޭގެ ގެއެއްގެ ޓެރަސްގައި ރޯވެއްޖެ