Roadha Mihaaru
ކޮވިޑް ޖެހިގެން 39 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން 39 އަހަރުގެ މީހަކު މަރުވެއްޖެ

01 މެއި 2021

ކޮވިޑް-19 ޖެހި، ހާލުބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ އުމުރުން 39 އަހަރުގެ މީހަކު މިރޭ މަރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ޖެހި، ހާލުބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ އުމުރުން 39 އަހަރުގެ މީހަކު މިރޭ މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮޮތުގައި އޭނާ މަރުވީ ނޭވާލާން އުނދަގޫވެގެން ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ގެންދަނިކޮށެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭން މަރުވި 74 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުދާވަރަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން މިއަދާއި އިއްޔެ ވެސް އެ ބަލި ޖެހުނު މީހުންގެ އަދަދު ހުރީ 400 އަށް ވުރެ މަތީގަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ 402 މީހުން އަދި އޭގެ ކުރީ ދުވަހު 465 މީހުން އެބައްޔަށް ޕޮޒިޓިވްވި އެވެ.

މިއާ އެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 5،000 އާ ކައިރިވެފަ އެވެ. އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޓެސްޓް ކުރި 3،0305 މީހެއްގެ ސާމްޕަލްގެ ތެރެއިން 402 ސާމްޕަލް ޕޮޒިޓިވް ވުމުން އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 4،978 އެވެ. އޭގެ ތެރެއިން 146 މީހަކު ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ވާއިރު، އައިސީޔޫގައި ފަރުވާދެމުން ގެންދަނީ ކިތައް މީހުންނަށް ކަމެއް ނޭނގެ އެވެ.

މިހައިތަނަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 29،835 އެވެ.