Roadha Mihaaru
"ޓޮޕް ގަން 2" އަނެއްކާ ވެސް ފަސްކޮށްފި

ޓޮމް ކްރޫޒްގެ "ޓޮޕް ގަން 2" އަނެއްކާ ވެސް ފަސްކޮށްފި

12 އެޕްރީލް 2021

މިދިޔަ އަހަރު ރިލީޒްކުރަން އޮއްވައި ކޮވިޑް-19އާ ހެދި މި އަހަރަށް ފަސްކުރި، ޓޮމް ކްރޫޒްގެ "ޓޮޕް ގަން" ގެ ސީކްއެލް ރިލީޒްކުރާ ތާރީހު އަނެއްކާ ވެސް ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ރިލީޒްކުރަން އޮއްވައި ކޮވިޑް-19އާ ހެދި މި އަހަރަށް ފަސްކުރި، ޓޮމް ކްރޫޒްގެ "ޓޮޕް ގަން" ގެ ސީކްއެލް ރިލީޒްކުރާ ތާރީހު އަނެއްކާ ވެސް ފަސްކޮށްފި އެވެ.

މިހާރު ތާވަލުކޮށްފައިވާ ގޮތުން "ޓޮޕް ގަން: މެވެރިކް" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު 19 ގަ އެވެ. އެންމެ ފަހުން ފިލްމު ތާވަލުކޮށްފައި އޮތީ ޖުލައި 2 އަށެވެ.

"ޓޮޕް ގަން: މެވެރިކް" އަކީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޖޫން 24 ގައި ގެނެސްދޭން ނިންމި ފިލްމެކެވެ. މި ފިލްމަކީ 1986 ގައި ގެނެސްދިން "ޓޮޕް ގަން" ގެ ދެވަނަ ބައެވެ. "ޓޮޕް ގަން: މެވެރިކް" ޑައިރެކްޓްކޮށްފައި ވަނީ ޖޯސެފް ކޮޒިންސްކީ އެވެ.

މި އެކްޝަން ޑްރާމާ ކާސްޓުންގެ ތެރޭގައި ޖެނިފާ ކޮނެލީ، މިލެޒް ޓެލާ، ގްލެން ޕަވަލް ވަލް ކިލްމާ، އެޑް ހެރިސް، ޖޮމް ހެމް އަދި ލުވިސް ޕުލްމަން ހިމެނެ އެވެ. "ޓޮޕް ގަން: މެރެވެރިކް" އަކީ 152 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ އިތުރުން ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ކުރިއަށް އޮތް ދެ ފިލްމު ރިލީޒްކުރާ ތާރީހަށް ވެސް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. އެކުއެކީގައިހެން ޝޫޓިން ކުރިއަށް ގެންގޮސް މިހާރު ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާ މިޝަން އިމްޕޮސިބަލްގެ 7 ވަނަ ފިލްމު ރިލީޒްކުރާނީ މެއި 27، 2022 ގަ އެވެ. އެ ފިލްމަކީ ކުރިން މި އަހަރުގެ ނޮވެމްބަރުގެ 19 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.

"މިޝަން އިމްޕޮސިބަލް 8" ނޮވެމްބަރު 4، 2022 ގެ ބަދަލުގައި ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި ވަނީ ޖުލައި 7، 2023 ގަ އެވެ.