Roadha Mihaaru
ރޭޕްގެ މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފި

މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފި

17 އެޕްރީލް 2021

މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ދެ މީހަކު ވެގެން އަންހެނަކު ރޭޕްކުރި މައްސަލައެއް ފުލުހުންނަށް ރޭ ހުށަހަޅާފައިވާއިރު، އުމުރުން 18 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކު ތަހުގީގަށް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެއީ ދިވެހި ދެ ފިރިހެނުންނެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.

ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތައް މި ފަހުން ދަނީ އިތުރުވަމުންނެވެ. އެކަމަކު، އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ ދޭތެރެދޭތެރެއިން މުޒާހަރާކުރެ އެވެ.