ހުޅުމާލޭގެ ފުރަތަމަ ފިިޔަވަހީގެ މަގުތަކުގައި އިތުރު މަގުބައްތި ހަރުކޮށް، މަގުތައް އަލިކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
17 އެޕްރީލް 2021
ހުޅުމާލޭގެ ފުރަތަމަ ފިިޔަވަހީގެ މަގުތަކުގައި އިތުރު މަގުބައްތި ހަރުކޮށް، މަގުތައް އަލިކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ފުރަތަމަ ފިޔަވަހީގެ މަގުތަކުގެ ބައްތިތައް މަދުވުމުން، މަގުތައް އަނދިރިކޮށް އޮންނަ ކަމުގެ ޝަކުވާ ލިބެމުންދާތީ ސްޓްރީޓްލައިޓް މާސްޓާ ޕްލޭންއެއްގެ ދަށުން، މަގު ބައްތިތައް ބަދަލު ކުރުމާއި އަނދިރި މަގުތަކާއި ސަރަހައްދުތައް ދެނެގަނެފައިވާ ކަމަށެވެ. އެގޮތުން ފާހަގަ ކުރެވުނު 14 ސަރަހައްދެއްގައި މައްސަލަ ޖެހިފައި ހުރި މަގު ބައްތިތައް ބަދަލުކޮށް، އާ ބައްތި ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެޗްޑީސީން ބުނިގޮތުގައި، އެ ސަރަހައްދުތަކުގައި ބައްތި ހަރުކުރުމަށާއި އާ ބައްތިއަށް ބަދަލު ކުރުމަށް ބައެއް ބައްތިތައް ނިއްވައިލަން ޖެހެ އެވެ. އޭގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށާއި ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އެ މައްސަލަ ހައްލުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެޗްޑީސީން ބުނީ، އެ މަޝްރޫއުގެ ދަށުން 1،300 އަށް ވުރެ ގިނަ ބައްތި ހަރުކުރާނެ ކަމަށެވެ. ބައެއް ޒޯންތަކުގައި މިހާރު ވެސް އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް ނިންމައި، ހުޅުވައިފި
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ
ހުޅުމާލޭގައި ރަބަރު ބަމްޕަރުތަކެއް ހަރުކުރަނީ
ހުޅުމާލޭ ދެ ވަނަ ފިިޔަވަހީގެ މަގުތައް ހަދައި ނިންމައިފި
އެޗްޑީސީގެ 34 މިލިއަން ޑޮލަރުގެ ލޯނަށް ގެރެންޓީ ދީފި
ހުޅުމާލޭ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާ ބަޔަކަށް
ހިޔާގެ އެއްބަސްވުން/އަގުގެ ބަދަލު ފެންނާނެގޮތް ހަދައިފި
ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދީފި
ވިނަރެސްއިން ކާރު ޕާކިން ޖާގަ ބީލަން އުސޫލުން ވިއްކަނީ
ހުޅުމާލެއިން ސްޓޯލް ވިއްކާ ކަމަށް ބުނެ ސްކޭމް ހިންގަނީ