ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރުމުގެ ބޭނުމުގައި ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް އާންމުންގެ ޝަކުވާތަކާ ހެދި ރޭ ނަގައިފި އެވެ.
12 ޑިސެމްބަރ 2025
ބާރަށް ދުއްވާ މީހުންގެ ސްޕީޑު ދަށްކުރުމުގެ ބޭނުމުގައި ހުޅުމާލޭގެ މަގުތަކުގައި ހަރުކުރި ސްޕީޑު ބްރޭކަރުތައް އާންމުންގެ ޝަކުވާތަކާ ހެދި ރޭ ނަގައިފި އެވެ.
އެކްސިޑެންޓުތަކާއި ކާރޫބާރުބޮޑު ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި މިދިޔަ ސެޕްޓެމްބަރު މަހު ހަރުކުރި އާ ސްޕީޑްބްރޭކަރުގެ ސަބަބުން އުނދަގޫވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ އޮއްސާލި އެވެ. އޭރު ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ތާރުގަނޑު ތޮރުފައިގެން ހަރުކޮށްފައިވާ އެ ސްޕީޑު ބްރޭކަރުތަކުން ކިތައްމެ މަޑުން ފޭބިއަސް އުނަގަނޑުގައި ރިއްސާ ކަމަށެވެ.
އެހެންވެ، އެ ތަކެތި ނަގައިދިނުމަށް އެދި ގިނަ ބަޔަކު ގޮވާލި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް ބައެއް މީހުން އެކަމަށް އެދުނެވެ.
އެޗްޑީސީން ބުނީ، އާ ސްޕީޑް ބްރޭކަރުތައް ހަރުކުރީ ރައްކާތެރި ތަނަކަށް ހުޅުމާލޭގެ މަގުތައް ހަދާށެވެ. ތިރީހަށް ވުރެ ގިނަ ސްޕީޑު ބްރޭކަރު ހަރުކޮށްފައިވާ ކަމަށް އޭރު ބުންޏެވެ.
އެކަމަކު، އެ ފާޑުކިޔުންތައް އެންމެ ބޮޑުވި ދުވަސްވަރު އަޅާނުލި ނަމަވެސް ރޭ ވަނީ ފަހުން ހަރުކުރި ހުރިހާ ސްޕީޑް ބްރޭކަރުތައް ނަގައިފަ އެވެ. އޭގެ ސަބަބެއް ރަސްމީކޮށް ނުބުނެ އެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ފަހުން ހަރުކުރި ސްޕީޑު ބްރޭކަރުތައް ނެގީ އާންމުންގެ ޝަކުވާ ބޮޑުވުމުންނެވެ.
މަގުމަތީގެ އެކްސިޑެންޓުތައް ގިނަ ވުމުން އެޗްޑީސީން ވަނީ ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ވެސް ބައެއް ބަދަލުތައް ގެނެސްފަ އެވެ. އޭގެ ތެރެއިން، ޓްރެފިކް އެންމެ ބޮޑު ހިސާބުތަކުގައި ރައުންޑަބައުޓު ބެހެއްޓުމާއި ބައެއް މަގުތައް އެއް ފަޅިން ދުއްވޭ ގޮތަށް ބަދަލުކުރުން ހިމެނެ އެވެ.
މަގު ހަދަން ހަވާލުކުރީ 91.8 މިލިއަން ރުފިޔާއަށް: އެޗްޑީސީ
އެހެން ޒޯނުތަކުގެ އުޅަނދު ރަޖިސްޓަރީ ކުރަން 6 މަސް
ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް ނިންމައި، ހުޅުވައިފި
ހުޅުމާލޭގެ މަގުތައް އަލިކުރުމުގެ މަސައްކަތް ކުރިއަށް
ބްރިޖާ ހެދި ހުޅުމާލެއަށް ބާރު ބޮޑެއް ނުވާނެ: އެޗްޑީސީ
ހުޅުމާލޭގައި ރަބަރު ބަމްޕަރުތަކެއް ހަރުކުރަނީ
ހުޅުމާލޭ ދެ ވަނަ ފިިޔަވަހީގެ މަގުތައް ހަދައި ނިންމައިފި
އެޗްޑީސީގެ 34 މިލިއަން ޑޮލަރުގެ ލޯނަށް ގެރެންޓީ ދީފި
4ފުރޮޅުލީ އުޅަނދު ޕާކުކުރަން އިތުރު ޒޯނުތަކެއް
ހުޅުމާލޭގައި 1،200 ވެހިކަލްގެ ޖާގައިގެ އާ ޕާކިން ޒޯނެއް