Roadha Mihaaru
ހުޅުމާލޭ ދެ ވަނަ ފިިޔަވަހީގެ މަގުތައް ހަދައި ނިންމައިފި

ހުޅުމާލޭ ދެ ވަނަ ފިިޔަވަހީގެ މަގުތައް ހަދައި ނިންމައިފި

29 އެޕްރީލް 2018

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަގުތައް ހަދައި ނިންމުމަށް ކަނޑައެޅި ތާރީޚަށް ވުރެ ހަވާލުކުރި މުއްދަތު ހަމަވިތާ އަހަރެއްހާ ދުވަސް ފަހުން އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަގުތައް ހަދައި ނިންމުމަށް ކަނޑައެޅި ތާރީޚަށް ވުރެ ހަވާލުކުރި މުއްދަތު ހަމަވިތާ އަހަރެއްހާ ދުވަސް ފަހުން އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ 40.3 މިލިއަން ޑޮލަރު (621.4 މިލިއަން ރުފިޔާ) އަށް އޮކްޓޯބަރު 28، 2015ގަ އެވެ. އޭރު ބުނީ އެ މަސައްކަތް 18 މަސް ތެރޭގައި ނިންމާނެ ކަމަށެވެ.

Youth city ge maguthah dhe aharuvee iru ves nunimey

Youth city ge maguthah dhe aharuvee iru ves nunimey

The most trusted news source in the Maldives

Mihaaru

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުން--

އެޗްޑީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ތާރު އަޅައިގެން ހަދާފައިވާ އެ މަގުތައް ބޭނުން ކުރެވޭ ފެންވަރަށް ތައްޔާރުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ޓްރެފިކް ނިޝާންތައް ކުރެހުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ މަގުތަކުގެ މަސައްކަތް ނިމުމަކީ ދެ ވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތްތައް ނިމިފައި-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތްތައް ނިމިފައި-- ފޮޓޯ: އެޗްޑީސީ

ދެ ވަނަ ފިޔަވަހީގައި ތާރު އަޅައިގެން ހެދި އެ މަގުތަކުގެ ދިގުމިނުގައި 14.2 ކިލޯ މީޓަރު ހުންނާނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ކުރިން ވިދާޅުވެފައިވަނީ އެ މަސައްކަތް ނުނިމި ލަސްވީ އެ ޕްރޮޖެކްޓަށް ބޭނުންވާ ލޯނު އިންޑިއަން އެގްޒިމް ބޭންކުން ހަމަޖައްސަން ވަގުތުތަކެއް ހޭދަވުމުން ކަމަށެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގެ މަގުތައް ހެދުމަށް، އެޗްޑީސީން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި 34.3 މިލިއަން ޑޮލަރު (528 މިލިއަން ރުފިޔާ)ގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ދަށުން 240 ހެކްޓަރުގެ ބިން ހިއްކައި އެ ރަށާ އިންވެގެން އޮތް ފަރުކޮޅުފުއްޓާ ވަނީ ގުޅުވާލައިފަ އެވެ. އަލަށް ހިއްކި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހައުސިން ޕްރޮޖެކްޓްތައް ހިންގަމުންނެވެ.