Roadha Mihaaru
އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

17 އެޕްރީލް 2021

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 13 ޕަސެންޓު އިތުރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 13 ޕަސެންޓު އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނީ 266 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައި ވަނީ 235 މިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެ އަށް 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއެވެ. މިއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 13 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާން އާއި އިންޑިއާ އަދި ސިންގަޕޫރުންނެވެ. އެގޮތުން، އޮމާން އިން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އެވެ.

މިދިޔަ މަހު އިމްޕޯޓާއި އާމްދަނީ އިތުރުވި ނަމަވެސް އެކްސްޕޯޓު ވަނީ ދަށްވެފަ އެވެ. އެގޮތުން، މިދިޔަ މަހު 301 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އިރު މިދިޔަ އަހަރުގެ މާޗު މަހު 380 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އެވެ. މިއީ 21 ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖެއިން މިދިޔަ މަހު އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށެވެ.