ބ. އޭދަފުށިން ކޮވިޑް-19 އަށް މިހާތަނަށް 71 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
25 އެޕްރީލް 2021
ބ. އޭދަފުށިން ކޮވިޑް-19 އަށް މިހާތަނަށް 71 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ކޮވިޑްގެ އަލާމާތް ހުރެގެން އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެހެންވެ، ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އެއާ އެކު ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ އިރު ރެންޑަމް ސާމްޕަލް ވެސް އަންނަނީ ނަގަމުންނެވެ. ބ. އަތޮޅު ހޮސްޕިޓަލުގެ ސީނިއާ ހެލްތު އޮފިސަރު ސިދްގީ އަބްދުﷲ "މިހާރު" އަށް ވިދާޅުވި ގޮތުގައި މިހާތަނަށް 71 މީހަކު އެ ރަށުން ޕޮޒިޓިވްވެފައިވެ އެވެ.
އެންމެ ފަހުން ރަށުން ނެގި، 136 ސާމްޕަލްގެ ތެރެއިން އަދި ނަތީޖާ ނުލިބޭ 50 ސާމްޕަލެއް އެބައުޅޭ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލި ޖެހުނު މީހުންގެ އަދަދު 71 އަށް އަރައިިފައި މިވަނީ ރޭގެ ނިޔަލަށް ޕޮޒިޓިވްވި 23 މީހުންނާ އެކު އެވެ.
އޭދަފުއްޓަކީ އެ ސަރަހައްދުގެ މައި ރަށްކަމުން، ކޮވިޑްގެ ކޭސްތައް ފެނި ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުތުން މަނާކޮށްފައި އޮތްއިރު ތިން މީހުންނަށް ވުރެ ގިނައިން އެކުގައި ނިކުމެ އުޅުން ވެސް މަނަ އެވެ.
ވިޔަފާރިތައް ވެސް ހުޅުވާފައި ބެހެއްޓެނީ އިރުއޮއްސި، 6:00 އާ ހަމައަށެވެ. އޭގެ ފަހުން ވިޔަފާރިތަކުން ދޭން ޖެހޭނީ ޑެލިވަރީގެ ހިދުމަތެވެ. އަދި ރަށުގެ ހޮޓާތަކާއި ރެސްޓޯރަންޓުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާ އެކު މުޅި އޭދަފުށި އޮތީ ހިމޭންވެފަ އެވެ.
އެ ރަށަކީ އަތޮޅު ހޮސްޕިޓަލުގެ އިތުރުން، ވިޔަފާރީގެ ބޭނުމަށް ވެސް އެ ސަރަހައްދުގެ ރަށްތަކުން މީހުން ދަތުރުކުރާ މައި ރަށެވެ. އެކަމަކު މޮނިޓަރިންއަށް ލީ ނަމަވެސް އެކަމުގައި ދަތި ނުވާނެ ކަމަށް ކައުންސިލުން ކުރިން ބުނެފައިވެ އެވެ. އެއީ އެ ރަށުގެ ވިޔަފާރިތަކުން އަންނަނީ ބަނދަރާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެމުން ކަމަށް ކައުންސިލުން ބުނެ އެވެ.
އިތުރު ހަތަރު ރަށެއް އަނެއްކާ ވެސް މޮނިޓަރިން އަށް
އޭދަފުށީގައި ކަރަންޓީނުގައި ތިބި 2މީހަކު ޕޮޒިޓިވްވެއްޖެ
ތިން ރަށަކަށް ޕީސީއާރު މެޝިން ހޯދަނީ
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ