Roadha Mihaaru

އޭދަފުއްޓާއެކު އިތުރު ތިން ރަށެއް އަނެއްކާވެސް މޮނިޓަރިން އަށް

ކޮވިޑް-19 ފެނިގެން ބ. އޭދަފުއްޓާއެކު އިތުރު ތިން ރަށެއް އަނެއްކާ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އިތުރު ހަތަރު ރަށެއް އަނެއްކާ ވެސް މޮނިޓަރިން އަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

16 އޯގަސްޓް 2021

ކޮވިޑް-19 ފެނިގެން ބ. އޭދަފުއްޓާއެކު އިތުރު ތިން ރަށެއް އަނެއްކާ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހުމާއި ރޯގާގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އޭދަފުއްޓާއި އެ އަތޮޅު ކަމަދޫ ބަންދުކުރިއިރު މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެ ރަށުން ކޮވިޑް ފެނިގެން ބަންދުކުރަން ޖެހުނެވެ.

އެންމެ ފަހުން އޭދަފުށި ބަންދުކުރީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ކަމަށް ވާއިރު، ރަށުގެ މޮނިޓަރިން އުވައިލީ ވެސް ކޮވިޑް ފެތުރޭތީ ރަށް ބަންދުކޮށްފައި ބޭއްވިތާ ދެ މަސް ފަހުންނެވެ.

އޭދަފުށީގެ އިތުރުން ދެން ބަންދުކުރީ ހދ. މަކުނުދު އާއި އދ. ހަންޏާމީދޫ އެވެ.

އެންމެ ފަހުން އެޗްއީއޯސީން އާންމުކުރި މޮނިޓަރިންގެ ލިސްޓުގައިވާ ގޮތުން ބަންދުކޮށްފައި އޮތީ 12 ރަށެކެވެ.

މޮނިޓަރިންގައި އޮންނަތާ މިވަގުތު އެންމެ ގިނަ ދުވަސްވެފައި ވަނީ ރ. ދުވާފަރެވެ. އެ ރަށް ބަންދުކޮށްފައި އޮންނަތާ ތިން މަސްވާން ގާތްވެފައިވާއިރު ރަށުގެ ހާލަތު އަދިވެސް ރަނގަޅެއް ނުވެ އެވެ. ދުވާފަރުން ބަލި ޖެހުނު މީހުންގެ އަދަދު 745 އިން މައްޗަށް އަރާފައިވާއިރު އެކްޓިވް ކޭސްތައް އުޅެނީ 155 ގަ އެވެ.