29 އެޕްރީލް 2021
އިންޑިއާ ރައްޔިތުން ކޮވިޑް-19 ގެ ބިރުވެރިކަމުގެ ތެރޭގައި ތިބި މި ދަނޑިވަޅުގައި އެހެން މީހުންގެ އެހީތެރިކަން ވަނީ ބޭނުންވެފަ އެވެ. އެކަމަކު އެހީތެރިވުމުގެ ބަދަލުގައި މިކަމުން ވެސް ނާޖާއިޒް ފައިދާ ނަގައި މަކަރާއި ހީލަތުގެ އަމަލުތައް ވަނީ ގިނަވެފަ އެވެ. އިންޑިއާގައި މިހާރު އެންމެ ދަތިވެފައިވާ މެޑިކަލް އޮކްސިޖަން ހޯދައިދޭނެ ކަމަށް ބުނެ ފައިސާ ފޭރުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
އިންޑިއާ ރައްޔިތުން ކޮވިޑް-19 ގެ ބިރުވެރިކަމުގެ ތެރޭގައި ތިބި މި ދަނޑިވަޅުގައި އެހެން މީހުންގެ އެހީތެރިކަން ވަނީ ބޭނުންވެފަ އެވެ. އެކަމަކު އެހީތެރިވުމުގެ ބަދަލުގައި މިކަމުން ވެސް ނާޖާއިޒް ފައިދާ ނަގައި މަކަރާއި ހީލަތުގެ އަމަލުތައް ވަނީ ގިނަވެފަ އެވެ. އިންޑިއާގައި މިހާރު އެންމެ ދަތިވެފައިވާ މެޑިކަލް އޮކްސިޖަން ހޯދައިދޭނެ ކަމަށް ބުނެ ފައިސާ ފޭރުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
އިންޑިއާގައި ކޮވިޑް ޖެހި ހާލު ބޮޑުވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ފުރާނަ ގެއްލި ދިޔައީ އޮކްސިޖަން ނުލިބިގެންނެވެ. އެކަމަކު މަރަކާއި ހީލަތް ހަދާ މީހުންނަށް މިއީ ބޮޑު ކަމަކަށް ނުވެ އެވެ. އެކަން ވެފައި ވަނީ އެ މީހުންނަށް ފައިސާ ހޯދޭނެ މަގަކަށެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ރަޝްމީ މެހެރާ ހިންދުސްޓާން ޓައިމްސް އަށް ބުނި ގޮތުގައި މި މަހުގެ 24 ވަނަ ދުވަހު އޭނާ އަށް ވަޓްސްއެޕާއި ޓްވިޓާ އިން ލިބުނު މެސެޖްތަކެއްގައި، ކޮވިޑްގެ ހާލަތު މިހާރު އެންމެ ގޯސް ނިއު ދިއްލީގެ ދެ ސަރަހައްދަަކުން އޮކްސިޖަން ސިލިންޑަރު ލިބެން ހުރި ވާހަކަ ބުނެފައި އޮތެވެ. އެ މެސެޖުގައި ފޯނު ނަމްބަރުތަކަކާ އެކު، ސިލިންޑަރު ލިބޭނެ ތަންތަނުގެ ނަންތައް ހުރުމުން އެ މެސެޖްތައް ރައްޓެއްސަކާ ހިއްސާކުރި ކަމަށް ބުންޏެވެ.
އިންޑިއާގައި މީހަކު އޮކްސިޖަން ސިލިންޑަރުތަކެއް ގެންދަނީ
އޭނާ ބުނި ގޮތުގައި އެކުވެރިއެއްގެ މާމައަކަށް އޮކްސިޖަނަށް ބޭނުންވެފައި ވާތީ އެހީއަކަށްވާނެ ކަމަށް އުންމީދުކޮށް ހިއްސާކުރި މެސެޖްވީ ބޮޑު އޮޅުވައިލުމަކަށެވެ.
"އެކުވެރިޔާ ފައިސާ ދެއްކީމާ ވެސް އޮކްސިޖަން ސިލިންޑަރު ލިބޭ ގޮތެއް ނުވި. ޑެލިވަކޮށްދޭނަމޭ ކިޔާފައި މެސެޖްކުރި ގޮތަކަށް ފަހަކުން އެ ނަމްބަރަކާ ވެސް ނުވެސް ގުޅޭ،" ރަޝްމީ ބުންޏެވެ. "އެޑްވާންސަށް ދިހަ ހާސް ރުޕީސް ނަގައިގެންް ބޮޑު ލަނޑެއް ދީފައި ވަނީ."
މިކަހަލަ ކިތަންމެ ހާދިސާއެއް މިހާރު ދަނީ ހިނގަމުންނެވެ. އޮކްސިޖަން ހޯދައިދޭނެ ކަމަށް ބުނެ އޮޅުވައިލާ މައްސަލަ އިތުރުވެ އެފަދަ ބައެއް މައްސަލަތައް މިހާރު ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ވެސް ކޮށްފައިވެ އެވެ. ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު އެހީ އަށް އެދެމުން އަންނާތީ އޭގެ ތެރެއިން ވެސް މަކަރަކާއި ހީލަތް ހަދާ މީހުންގެ މައްސަލަތައް ވަރަށް ބޮޑެވެ.
ރަޝްމީ ކިޔައިދިން ގޮތުގައި އޭނާގެ އެހެން ރައްޓެއްސެއްގެ އަތުން މިހާރު ވެސް ބަޔަކު އޮޅުވާލައިގެން 30،000 ރުޕީސް ފޭރިގެންފި އެވެ.
"މިކަހަލަ ހާލަތެއްގައި އެންމެން ވެސް ބޮޑު ހާސްކަމެއްގެ ތެރޭގައި ތިބީ އޮކްސިޖަން ފަދަ އެއްޗެހި ފޯރުކޮށްދޭނެ ކަމަށް ބުނީމަ ވަގުތުން ފައިސާ ދެއްކެނީ. އެއީ ހަމަ ވާނެ ގޮތް ވެސް މެ. އެކަމަކު ހިތާމަ އަކީ ބައެއް މީހުން އިންސާނިއްޔަތު ކަމެއް ނެތި މިފަދަ ނޭދެވޭ އަމަލުތައް ހިންގާތީ،" އޭނާ ބުންޏެވެ.
ޓެކް ކުންފުންޏެއްގައި މަސައްކަތްކުރާ ހަރީޝް އަރުނަޗަލަމް ކިޔައިދިން ގޮތުގައި އޮކްސިޖަން ހޯދައިދޭނެ ކަމަށް ބުނެ އޭނާގެ އަތުން ވެސް ބަޔަކު ވަނީ 10،000 ރުޕީސް އަތުލައިގެންފަ އެވެ.
"ފައިސާ ދެއްކި ހިސާބުން އެ މީހުންނާ ގެއްލިއްޖެ. ގުޅަން އުޅެއުޅެ ގުޅޭ ގޮތެއް ނުވި،" އޭނާ ބުންޏެވެ.
މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވަމުންދާތީ ދިއްލީ ފުލުހުންގެ ތަރުޖަމާނު ޗިންމޯއި ބިސްވާލް ވިދާޅުވީ މަކަރާއި ހީލަތުން ފައިދާ ނަގާ މީހުންގެ މައްސަލަތައް ސީރިއަސްކޮށް ބަލާނެ ކަމަށެވެ. މިހާރު ވެސް އެފަދަ މައްސަލަތަކުގައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޮކްސިޖަން ސިލިންޑަރުތައް ގޭތެރޭގައި ފޮރުވައިގެން ބޮޑު އަގުގައި ވިއްކާ ބައެއް މީހުންގެ މައްސަލަތައް ވެސް ފެންމަތިވެތައިވެ އެވެ. މި ހަފުތާގެ ތެރޭގައި ވެސް ގެއަކުން 48 ސިލުންޑަރާ އެކު މީހަކު ހައްޔަރުކޮށްފައިވެ އެވެެ.
"އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓްކުރުމަކީ އަހަރެމެންގެ އެދުމެއް،" ތަރުޖަމާނު ވިދާޅުވި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް، އެހީވާނެ ކަމަށް ބުނެ އޮޅުވާލާ މައްސަލަތަކާ ބެހޭ ގޮތުން ދިއްލީ ފުލުހުންގެ ސައިބަ ސެލްގެ ޑެޕިއުޓީ ކޮމިޝަނަރު އަންޔޭޝް ރޯއި ވިދާޅުވީ އެހީވާނެ ކަމަށް ބުނާ މީހުންނާ އެކު ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން އެފަދަ މީހުންނާ ބެހޭ މައުލޫމާތު ފުރިހަމަ އަށް ހޯދަން ޖެހޭ ކަމަށެވެ.
"އެބަޖެހޭ ފުރަތަމަ އެ މީހަކާ ބައްދަލުވެވޭނެ ގޮތެއް ވެސް ހޯދަން. އެޑްވާންސަށް ފައިސާ ދިނުން ކަހަލަ ކަމެއް ކުރާ އިރު، އެ މީހަކާ ބައްދަލު ނުވެ، ނޫނީ ސާފު މައުލޫމާތު ނުހޯދާ ނަމަ އެތައް ގެއްލުމެއް ލިބިދާނެ،" އޭނާ ވިދާޅުވި އެވެ.
ޝްރެދާ މަރާލި ގޮތް އަފްތާބު ކިޔައިދީފި
ދިވެހިންނަށް ފައިދާވާނެ ކަންތައްތަކެއް ކުރިއަށް ފެންނާނެ
ހައްޔަރުކުރި އިންޑިއާ މީހާ އަތުން 100،000 ޑޮލަރު
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ޑްރަގާ އެކު އިންޑިއާ އިން ދިވެއްސަކު ހައްޔަރުކޮށްފި