މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ލިބުނު ފައިދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
30 އެޕްރީލް 2021
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ލިބުނު ފައިދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އެސްޓީއޯއިން ނެރުނު އެ ކުންފުނީގެ ކުއާޓާލީ ރިޕޯޓުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައިި 114 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނީ 108.6 މިލިއަން ރުފިޔާ އެވެ.
ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ އާމްދަނީއަށް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ތެލުގެ ވިޔަފާރިންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ތެލުގެ ވިޔަފާރިން 1.7 ބިލިއަން ރުފިޔާ ލިބުނު އިރު މިއަހަރު ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. އެ ކުންފުނީގެ ހަރަދުތައް ހުރީ އެއްވަރެއްގަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 2.1 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 2.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ލިބުނު ފައިދާ ދަށްވި ނަމަވެސް އެ ކުންފުނީގެ މާލީ ހާލަތު އަންނަނީ މިިދިޔަ އަހަރާ އަޅާބަލާއިރު ރަނގަޅުވަމުންނެވެ. އެގޮތުން، ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރު އެއް ކުއާޓަރަށް ފަހު އަނެއް ކުއާޓާގައި އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ ދަށްވެފަ އެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާ 100 މިލިއަނަށް އެރުމަކީ މާލީ ހާލަތު ރަނގަޅުވާ ކަމުގެ އިޝާރާތެއް ކަމަށް އެ ކުންފުނިން ގަބޫލުކުރެ އެވެ.
މިދިޔަ ކުއާޓާގައި އެސްޓީއޯއަށް 2.5 ބިލިއަން ރުފިޔާ
އެސްޓީއޯގެ ފައިދާ މައްޗަށް، ގްރޫޕުގެ ފައިދާ ދަށަށް
އެސްޓީއޯ އަހަރީ އާއްމު ޖަލްސާ މި މަހު 31 ގައި
އެންމެ ބޮޑު ފައިދާއެއް އެމްއޭސީއެލަށް
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ
އެސްޓީއޯއިން ވިއްކަނީ މީހަކަށް ލޮނުމެދު ކިލޯއެއް
އެސްޓީއޯއިން ލޮނުމެދު ކިލޯއެއް 45ރ. އަށް
ހުޅުމާލޭގައި އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް