Roadha Mihaaru
މިދިޔަ ކުއާޓާގައި އެސްޓީއޯއަށް 2.5 ބިލިއަން ރުފިޔާ

ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް

29 އޮކްޓޯބަރ 2021

މިހަަރުގެ ތިުން ވަނަ ކުއާޓާގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިހަަރުގެ ތިުން ވަނަ ކުއާޓާގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން ރޭ ނެރުނު ކުއާޓާލީ ރިޕޯޓު ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނީ 1.56 ބިލިއަން ރުފިޔާ އެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މިދިޔަ ކުއާޓާގައި ލިބުނު އާމްދަނީ އިތުރުވީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. މިދިޔަ ކުއާޓާގައި ތެލުގެ ވިޔަފާރިން 1.7 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ. އެހެނިހެން އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 771.4 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިން ވަނަ ކުއާޓާގައިި އެސްޓީއޯއަށް ލިބުނު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 100.26 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު ލިބުނީ 128.7 މިލިއަން ރުފިޔާ އެވެ.

އާމްދަނީ އާއި ސާފު ފައިދާ އިތުރުވެފައިވާއިރު އެހެން ކުއާޓާތަކާ އަޅާބަލާއިރު އެ ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ ފަސް ޕަސެންޓު ދަށްކޮށްފަ އެވެ. މިދިޔަ ކުއާޓާގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަ ކޮށްފައިވަނީ 753،463ރ. އެވެ.

އެސްޓީއޯއިން ވަނީ ކޮވިޑް-19ގެ ހާލަތުގައި ވެސް ކުންފުނީގެ މާލީ ނަތީޖާ ރަނގަޅު ކުރުމަށް މުވައްޒަފުން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ.