03 މެއި 2021
ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ އަމިއްލަ ފިލްމު ކުންފުނި މަނިކަރްނިކާ ފިލްމްސް އިން ހަދާ ފުރަތަމަ ފިލްމު އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ އަމިއްލަ ފިލްމު ކުންފުނި މަނިކަރްނިކާ ފިލްމްސް އިން ހަދާ ފުރަތަމަ ފިލްމު އިއުލާންކޮށްފި އެވެ.
ކުންފުނީގެ ލޯގޯ ވެސް ރަސްމީކޮށް ދައްކާލައި، ހޮނިހިރު ދުވަހު ކަންގަނާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބުނީ އޭނާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަކީ ލޯބީގެ ވާހަކައެއް ކިޔައިދޭ ޑާކް ކޮމެޑީ "ޓީކޫ ވެޑްސް ޝޭރޫ" ކަމަށެވެ. އެކަމަކު އަދި ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ.
ކަންގަނާ ބުނި ގޮތުގައި އޭނާ ޕްރޮޑިއުސްކުރާ ފުރަތަމަ ޑިފިލްމަކީ ޖިޓަލް ޕްލެޓްފޯމަކަށް ހާއްސަކޮށްގެން ހަދާ އެއްޗެކެވެ. އަދި މަނިކަރްނިކާ އިން އެންމެ ބޮޑަށް އިސްކަންދޭނީ ފިލްމީ ދާއިރާ އަށް ހުނަރުވެރި އާ ޒުވާނުން ނެރެން ކަމަށާއި ކުންފުނިން ބޮޑަށް ބަލާނީ ވެސް ތަންކޮޅެއް ތަފާތު ކޮންސެޕްޓްތަކަށް ފިލްމުތައް ހަދަން ކަމަށް ބުންޏެވެ.
މަނިކަރްނިކާ ފިލްމްސް އަކީ ކަންގަނާ 2018 ހިސާބުގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ އަގު ބޮޑު އޮފީހެއް ވެސް މުމްބާއީގައި ހުރެ އެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް ބަތަލާ އަދި ހަތަރު ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ކަންގަނާ އަކީ މިހާރު ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނާ ޑައިރެކްޝަނަށް ނުކުތީ މި އަހަރު މޮޅު ބަތަލާގެ ހަތަރު ވަނަ ނެޝަނަލް އެވޯޑް ކަށަވަރުވި އެއް ފިލްމު ކަމަށްވާ 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.
ކަންގަނާ އަކީ ސްކްރީން ރައިޓަރެއް ވެސް މެ އެވެ.
ކާމިޔާބު ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ތަލައިވީ" އާއި "ދާކަޅް" އަދި "ތޭޖާސް" ހިމެނެ އެވެ.
ކަންގަނާގެ "ތަލައިވީ" ނެޓްފްލިކްސް އަށް
"ޓެމްޕްޓޭޝަން އައިލޭންޑް" ގެ ހިންދީ ޝޯ ކަންގަނާއަށް
ސާނިއާގެ "ޕަގްލައިޓް" އަށް ކަންގަނާ ތައުރީފުކޮށްފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަންގަނާގެ ފިލްމުން މަންޒަރުތަކެއް ކަނޑަން އަންގައިފި
ފިލްމު ފާސްކޮށްނުދީގެން ކަންގަނާގެ ފިލްމު ފަސްކުރަނީ
ކަންގަނާގެ ފިލްމާއި "އޮޕެންހައިމާ" އަޅާކިޔޭނެ
ބޮލީވުޑްގެ ވަރުގަދަ ކާސްޓަކާ އެކު "ދަ ރޯޔަލްސް"
ކަންގަނާގެ "އެމަޖެންސީ" އަންނަ މަހު 6ގައި އަޅުވަނީ