Roadha Mihaaru
ކަންގަނާގެ "ތަލައިވީ" ނެޓްފްލިކްސް އަށް

ކަންގަނާގެ "ތަލައިވީ" ނެޓްފްލިކްސް އަށް

26 ސެޕްޓެމްބަރ 2021

މި މަހުގެ 10 ގައި ސިނަމާތަކުގައި އެޅުވި ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 10 ގައި ސިނަމާތަކުގައި އެޅުވި ބަތަލާ ކަންގަނާ ރަނާވަތުގެ ފިލްމު "ތަލައިވީ" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފި އެވެ.

މި އަހަރުގެ މިހާތަނަށް ގެނެސްދިން ހިންދީ ފިލްމުތަކުގެ ތެރެއިން ކްރިޓިކުންނާއި ބެލުންތެރިންގެ އެންމެ ބޮޑު ސަޕޯޓެއް ލިބުނު މި ފިލްމަކީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގައި ހަ ދައުރަކަށް ޗީފް މިނިސްޓަރުކަން ކުރެއްވި ޖަޔަލަލީޔާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާ، ޖަޔަލަލީތާގެ ރޯލު ކުޅުނު "ތަލައިވީ" އަކީ އޭނާގެ މޮޅު އެކްޓިންގެ ސަަބަބުން ވަކިން ބޮޑަށް ތައުރީފު އޮހުނު ފިލްމެކެވެ.

އޭއެލް ވިޖޭ ޑައިރެކްޓްކޮށްފައިވާ ފިލްމަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން މީގެ ދެވަނަ ބައެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.

މައިގަނޑަކަށް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބޮޑު ކާސްޓެއް ފެނިގެން ދިޔަ "ތަލައިވީ" ގައި ކަންގަނާއާ އެކީ އެންމެ މުހިއްމު ރޯލެއް ކުޅުނީ އަރުވިންދު ސްވާމީ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނައްސާރު، ބަގިޔާޝްރީ، މަދޫ، ރާޖް، އަރުޖުން، ޖިއްޝޫ ސެންގުޕްތާ އަދި ޝަމްނާ ގަސީމް ފަދަ ތަރިން ހިމެނެ އެވެ.