Roadha Mihaaru
ސީޒަންގެ ދެ މުބާރާތް ވެސް ހޯދޭނެ: ޒިދާން

ސީޒަންގެ ދެ މުބާރާތް ވެސް ރެއާލަށް ހޯދޭނެ: ޒިދާން

02 މެއި 2021

މެޑްރިޑް (2 މެއި) - ސީޒަންގައި ބާކީ އޮތް ދެ މުބާރާތް ކަމަށްވާ، ޔޫއެފާ ޗެމްޕިއަންސް ލީގާއި ލަ ލީގާގެ ޗެމްޕިއަންކަން ވެސް ރެއާލް މެޑްރިޑަށް ހޯދޭނެ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (2 މެއި) - ސީޒަންގައި ބާކީ އޮތް ދެ މުބާރާތް ކަމަށްވާ، ޔޫއެފާ ޗެމްޕިއަންސް ލީގާއި ލަ ލީގާގެ ޗެމްޕިއަންކަން ވެސް ރެއާލް މެޑްރިޑަށް ހޯދޭނެ ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އެޑާ މިލިޓާއޯ އަދި ކާލޯސް ކަސެމީރޯގެ ލަނޑުތަކުން އޮސަސޫނާގެ މެޗު ކާމިޔާބު ކުރުމަށް ފަހު ޒިދާންގެ ޓީމު ވަނީ އެއް ވަނައިގައި އޮތް ވާދަވެރި އެތުލެޓިކޯ މެޑްރިޑްގެ ފަހަތުގައި ވިއްދާފަ އެވެ. އެލްޗޭގެ މައްޗަށް 1-0 ން ކާމިޔާބު ހޯދައި އެތުލެޓިކޯ ވެސް ވަނީ އެ ޓީމުން ދަަމަހައްޓަމުން އަންނަ އެއް ވަނަ މަގާމުގައި ހިފަހައްޓާލާފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ، ދެ މުބާރާތް ކާމިޔާބު ކުރާނެ ވާހަކަ ސީދާ ނުބުނާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނާނީ އެކަން ރެއާލަށް ކުރެވޭނެ ވާހަކަ ކަމަށް ޒިދާން ބުންޏެވެ.

"މިހާރު ބާކީ ހަތަރު މެޗަށްވެއްޖެ އެކަމަކު އަހަރެމެން އަދިވެސް މިތިބީ ލީގަށް ވާދަ ކުރަން. އަހަރެމެންނަށް އެކަން ކުރެވޭނެ،" ސީޒަންގެ ދެ މުބާރާތް ވެސް ކާމިޔާބު ކުރެވޭނެތޯ ސުވާލު ކުރުމުން ޒިދާން ބުންޏެވެ. "ނިމެންދެން އަހަރެމެން ދޫދިނުމެއް ނެތި ވާދަ ކުރާނަން."

ރޭގެ މެޗުގައި، ޑިފެންޑަރު ރަފޭލް ވަރާން އަށް އަނިޔާވުމުން، ހާފު ޓައިމްގައި އޭނާ ބަދަލު ކުރި އެވެ. ޒިދާން ބުނީ، ވަރާންގެ އަނިޔާ ސީރިއަސް ނުވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ބުދަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރު ވުމުގެ ގޮތުން، ޒިދާން ވަނީ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ޓޯނީ ކްރޫޒް އާއި ލުކަ މޮޑްރިޗަށް ރޭގެ މެޗުގައި ރެސްޓް ދީފަ އެވެ.