03 މެއި 2021
ޗައިނާގެ ރިސޯޓެއްގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ އިވެންޓަކާ އެކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދައިފި އެވެ.
ޗައިނާގެ ރިސޯޓެއްގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ އިވެންޓަކާ އެކު ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދައިފި އެވެ.
ޓޫރިސްޓުންގެ މެދުގައި މިހާރު ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޗައިނާގެ ހައިނާންގައި ހިންގާ އެޓްލާންޓިސް ސަނިއާ ރިސޯޓުން ރެކޯޑް ފޮތުން ޖާގައެއް ކަށަވަރުކުރީ މާމެއިޑް ގޮތަށް ހެދުން އަޅައިގެން ރިސޯޓްގެ ބިޔަ އެކްއޭރިއަމްގެ ތެރޭގައި 100 ޑައިވަރުންނާ އެކު ބޭއްވި ޑައިވިންއަކުންނެވެ.
ރިސޯޓަށް ރެކޯޑް ލިބުނީ އެންމެ ބޮޑު ފެނުއަޑީގެ މާމެއިޑް ޝޯގެ ގޮތުގަ އެވެ. އެގޮތުން މިދިޔަ މަހުގެ 28 ގައި ބޭއްވި ޑައިވްގައި ބައިވެރިވި ޑައިވަރުން ތިބީ ގަދަ ކުލަކުލައިގެ މާމެއިޑް ކޮސްޓިއުމްތަކުގަ އެވެ. ޑައިވް ހާއްސަ ކަމަކީ އާންމުކޮށް ޑައިވްކުރާ އިރު ބޭނުންކުރާ އޮކްސިޖަން ފުޅިއާ ވެސް ނުލައި، ޑައިވްކޮށް، ކޯމަސް ހަރަކާތްކުރާ ގޮތަށް ޑައިވް ދައްކައިލުމެވެ.
A resort in Sanya, China, scored the Guinness World Record for the largest underwater mermaid show, which featured 100 professional divers https://t.co/VvIeSNYfc5 pic.twitter.com/aLAoTYjSPS
— CNN (@CNN) May 1, 2021
މިކަން އެޓްލާންޓިސް ސަނިއާ އިން ކާމިޔާބުކުރީ ޕްރޮފެޝަނަލް ފެތުންތެރިންގެ ޖަމިއްޔާ ޕަޑީއާ ގުޅިގެންނެވެ. އެކަމުގައި އިސްކޮށް ހުރި ޕަޑީގެ ޗައިނާގެ އެމްބެސެޑަރު ޑާޑާ ލީ ބުނީ މާމެއިޑްގެ ހަރަކާތްތަކެއް ޑައިވަކުން ދައްކައިލުމުގެ އިންތިޒާމުތަކާ ހަވާލުވާން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި މާމެއިޑަ އަކީ އަބަދު ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދެވޭ އެއްޗެކެވެ. އެގޮތުން 1984 ގެ ހޮލީވުޑްގެ ފިލްމު "ސްޕްލޭޝް" ބެލި ފަހުން މާމެއިޑްގެ ތަސްވީރު އަބަދު ވެސް ސިކުނޑި ތެރޭގައި ހަރުލާފައި ހުންނަ ކަމަށް ބުންޏެވެ.
"އެ ތަސްވީރު ހަގީހަތަކަށް ހަދާލަން ލިބުނު ފުރުސަތެއް އެޓްލާންޓިސް ސަނިއާ ރިސޯޓްގެ އިވެންޓަކީ." ޑާޑާ ބުންޏެވެ.
އޭނާ ބުނީ ޑައިވަރުން ބޭނުންކުރި ކޮސްޓިއުމަކި އެކަމަށް ހާއްސަ މެޓީރިއަލް ހޯދައިގެން ތައްޔާރުކުރި އެއްޗިއްސެވެ. އަދި މި އިވެންޓް ބޭއްވުމުގެ ކުރިން ޑައިވަރުންނަށް ހަތަރު ވައްތަރެއްގެ ތަމްރީނު ވެސް ދިނެވެ. އޭގެ ތެރޭގައި ޑިސްކަވާ މާމެއިޑް، ބޭސިކް މާމެއިޑް، މާމެއިޑް އަދި އެޑްވާންސްޑް މާމެއިޑް ހިމެނެ އެވެ.
"މި ޑައިވަކީ ބަލާލަން ވެސް ވަރަށް ހިތްގައިމުވި އިވެންޓެއް." ޑާޑާ ބުންޏެވެ.
ވޯލްޑް ރިކޯޑް ހަރަކާތުގެ ޕާޓްނަރަކަށް މޯލްޑިވިއަން
ރާއްޖޭން ޑައިވިންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފި
ގެއްލުނު ޗައިނާ މީހާ ހޯދާތާ ތިން ދުވަސް
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ޑައިވިން ގަވާއިދަށް އިސްލާހު ގެންނާނަން: ފައިސަލް
ގެއްލުނު ޑައިވަރު ސައީދުގެ އަގުވަޒަންކޮށް އެވޯޑެއް
ޗައިނާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ ހުރަސްކޮށްފި
ޝިއާމެން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް
ޗައިނާގެ އިތުރު އެއާލައިނެއް ރާއްޖެ އަށް
ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ