ދުނިޔޭގެ ރެކޯޑު ގާއިމް ކުރުމަށް، އެންމެ ދިގު "ސިންގަލް އޯޕަން ވޯޓާ ޑައިވް" ހެދުމުގެ މަސައްކަތް ރާއްޖެއިން ފަށައިފި އެވެ.
01 ފެބުރުއަރީ 2025
ދުނިޔޭގެ ރެކޯޑު ގާއިމް ކުރުމަށް، އެންމެ ދިގު "ސިންގަލް އޯޕަން ވޯޓާ ޑައިވް" ހެދުމުގެ މަސައްކަތް ރާއްޖެއިން ފަށައިފި އެވެ.
އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ "އެކްރޮސް މޯލްޑިވްސް ޑައިވް" ހަރަކާތް ބާއްވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފިޔަވަހި މިއަދު ހުޅުމާލެ ބީޗުގައި އިފުތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
އެ ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ، އާ އީޖާދީ ވަސީލަތްތަކާ އެކު، ކަނޑުގެ ބޭނުން ހިފާ ތަން ފެންނަމުން އަންނަ ކަމަށެވެ. އެއީ ސަރުކާރުން އުފާކުރާ ކަމެއް ކަމަށާއި އެ ފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެކްރޮސް މޯލްޑިވްސް ހަރަކާތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިނިސްޓްރީ
ދުނިޔޭގެ ރެކޯޑް ގާއިމްކުރަން ބާއްވާ ހަރަކާތް ނިމޭއިރު، ޓޫރިޒަމުން ރާއްޖެ ތައާރަފު ނުވާ އެތައް ބަޔަކަށް ރާއްޖެ ތައާރަފުވެ، އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހަރަކާތް އިންތިޒާމު ކުރާ އޯޝަން ސިކްސް ފިފްޓީ އިން ބުނީ ފުރަތަމަ ރެކޯޑު އަންނަ ބުދަ ދުވަހު ހަދާނެ ކަމަށެވެ. އެއީ ހުޅުމާލެ އާއި ހުޅެލެ ވަށައިގެން 17 ކިލޯމީޓަރު ފީނައިގެން ހަދާ ރެކޯޑެކެވެ.
ދެވަނަ ރެކޯޑު ހެދުމަށް ނިންމާފައި ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ފީނައިގެންނެވެ. އެއީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމަށް ފީނައިގެން ހުރަސްކޮށްގެންނެވެ.
ޖުމްލަ 460 ކިލޯ މީޓަރު ޑައިވް ކުރާއިރު އެއީ ދުނިޔޭގެ އެންމެ ދިގު ޑައިވަށް ވާނެ އެވެ.
ކޯލްޑް ސްޓޯރޭޖު 25،000 ޓަނަށް އިތުރު ކުރަނީ
އަމާޒަކީ ރޯމަސް ބޭރުކުރުން ހުއްޓާލުން: މިނިސްޓަރު
56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފި
މަހަށް ދޭ ފައިސާ ބަރާބަރަށް ލިބޭނެ ގޮތް ހަމަޖެހޭނެ
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
ހޯނޑެއްދޫ އައިސްޕްލާންޓް މިއަހަރު އޮޕަރޭޝަނަށް ގެންނަނީ
ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް 4،000 ޓަނަށް އިތުރުކުރަނީ
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް
ބޮޑުކަންނެލީގެ މަސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ބަންދުކޮށްފި