04 މެއި 2021
ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު މާ މައްޗަށް ދާ ނަމަ، ކޮވިޑުގެ ހާލަތު މިހާރު އެންމެ ގޯސް އެއް ގައުމު ކަމަށްވާ އިންޑިއާއާ އެއްވަރަށް ރާއްޖޭގެ ހާލަތު ވެސް ގޯސްވެދާނެ ކަމުގެ އިންޒާރު އައިޖީއެމްއެޗުގެ ކޮންސަލްޓަންޓް ރޭޑިއޯލޮޖިސްޓް ޑރ. ފާތިމަތު މުފްލިހާ ދެއްވައިފި އެވެ.
ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު މާ މައްޗަށް ދާ ނަމަ، ކޮވިޑުގެ ހާލަތު މިހާރު އެންމެ ގޯސް އެއް ގައުމު ކަމަށްވާ އިންޑިއާއާ އެއްވަރަށް ރާއްޖޭގެ ހާލަތު ވެސް ގޯސްވެދާނެ ކަމުގެ އިންޒާރު އައިޖީއެމްއެޗުގެ ކޮންސަލްޓަންޓް ރޭޑިއޯލޮޖިސްޓް ޑރ. ފާތިމަތު މުފްލިހާ ދެއްވައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުފްލިހާ ވިދާޅުވީ ބައްޔަށް ޕޮޒިޓީވްވާ މީހުންގެ އަދަދު އިތުރުވުމާ އެކު އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވެސް ވަރަށް ގިނަވެފައިވާ ކަމަށެވެ.
މީގެ ދެ ހަފުތާ ކުރިން ކޮވިޑަށް ފަރުވާދޭ މީހުންގެ ބެޑް ކެޕޭސިޓީ 60 ޕަސެންޓުގައި ހުރުމަށް ފަހު، މި ހަފުތާގައި މި އަދަދު ތިން ގުނަ އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ބަލިވާ މީހުން ގިނަވެ ސިއްހީ ނިޒާމަށް ނުކަތާފާނެ ކަމަށް އިންޒާރު ދެއްވި އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭއިން 585 މީހަކު ކޮވިޑަށް ޕޮޒިޓީވްވެފައިވެ އެވެ. އަދި މިއީ ރާއްޖޭގައި މި ބަލި ފެތުރެން ފެށި ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓީވްވި ދުވަސް ވެސް މެ އެވެ.
"އަޅުގަނޑުމެންނަށް މިހާރު އިންޑިއާ އިން ވެސް ފެންނަ ގޮތުން ވެއްޖިއްޔާމުން، ހަމަ އެ ހާލަތުގައި މި އޮތީ. އަޅުގަނޑުމެން އެއްވެސް ބޭފުޅަކު އެ ހާލަތަށް ދިއުމަށް ނޭދޭނެ ކަން ވެސް ގަބޫލުކުރަން،" ޑރ. މުފްލިހާ ވިދާޅުވި އެވެ.
ބަލީގައި ބޮޑުވަރުވާ މީހުން މިހާރު ގިނަވާކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ އޮކްސިޖަން ބޭނުންވާ ބަލި މީހުންގެ އަދަދު ވެސް މިހާރު ގިނަ ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓީވްވާ މީހުންގެ ކޮންޓެންޓް ޓްރޭސިން ހަދާއިރު، ބައްދަލުވެފައިވާ މީހުންގެ އަދަދު ވެސް ވަރަށް ގިނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މި ހުރިހާ ވާހަކައަކުން ވެސް މި އިނގެނީ އަޅުގަނޑުމެންގެ ހާލަތު ގޯހުން ގޯހަށް ދާކަން،"ޑރ. މުފްލިހާ ވިދާޅުވި އެވެ. "މި ނަންބަރުތައް މާ މައްޗަށް ދާ ނަމަ ރާއްޖޭގައި ވެސް އާ ވޭރިއަންޓެއް އުފެދުމަކީ ވެސް ވަރަށް ގާތް ކަމެއް."
މިހާރު އުޅޭ ބައެއް ވޭރިއެންޓުތައް ޕީސީއާރު ޓެސްޓުތަކުން ވެސް ނުފެންނަ ކަމަށާއި ބަލި ދެނެގަނެވޭއިރު ބައެއް މީހުންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި ރަނގަޅަށް މާސްކު އެޅުމަށާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި ގިނަގިނައިން އަތް ދޮވުމަށާއި އަދި ގިނަ މީހުން އެއްތަނަކަށް އެއްވެގެން ނޫޅުމަށް ވެސް ޑރ. މުފްލިހާ ހަނދުމަކޮށްދެއްވި އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގަ އެވެ. އޭގެ ކުރިން އޮތީ ކެފޭ/ރެސްޓޯރަންޓުތަކުން ވަކި ވަގުތަކު ހިދުމަތްދޭ ގޮތަށް އަދި ދަންވަރު ކާފިއު ހިންގައި ވަކި ވަގުތެއްގައި ވެހިކަލް ދުއްވުން ވެސް މަނާކޮށްފަ އެވެ.
ބަލިވާ މީހުންގެ އަދަދުތައް އިތުރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިހާރު ވަނީ އަލުން ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމައި އެކަން ރޭ އިއުލާންކޮށްފަ އެވެ.
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ކޮވިޑް ދެވަނަ ފަހަރަށް ޖެހެނީ 9 މަސް ފަހުން
ވެކްސިން ނެތިގެން، 92،000 މީހުން ދެވަނަ ޑޯޒް ނުޖެހިފައި
ޒުވާނުން ސީރިއަސްވެ ފަރުވާދޭންޖެހޭ ވަރު އިތުރުވެއްޖެ
ދެ ބްރޭންޑްގެ ދެ ޑޯޒް ޖެހުނީ އޮޅުމަކުން: އެޗްއީއޯސީ
ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓަރީ ކުރަން ފަށައިފި
ވެކްސިން ފުރަތަމަ ދޭނީ ތިން ކެޓެގަރީއަކަށް ބަހާލައިގެން
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް