10 ޑިސެމްބަރ 2020
ކޮވިޑް-19ގެ ވެކްސިން ރާއްޖޭގައި ފުރަތަމަ ދޭން ހަމަޖައްސާފައި ވަނީ ހައި ރިސްކު މީހުންނަށާއި އާންމު ޚިދުމަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން މުވައްޒަފުންނަށް ކަމަށް އެޗުޕީއޭ އިން މިއަދު ބުނެފި އެވެ.
ކޮވިޑް-19ގެ ވެކްސިން ރާއްޖޭގައި ފުރަތަމަ ދޭން ހަމަޖައްސާފައި ވަނީ ހައި ރިސްކު މީހުންނަށާއި އާންމު ޚިދުމަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން މުވައްޒަފުންނަށް ކަމަށް އެޗުޕީއޭ އިން މިއަދު ބުނެފި އެވެ.
ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ހަދާފައިވާ ގްރޫޕް "ކޮވެކްސް" މެދުވެރިކޮށް ވެކްސިން ހޯދުމަށް ރާއްޖެ އިން ހުށަހެޅި އެޕްލިކޭޝަން ބަލައިގެންފައިވާ ކަމަށެވެ. އެ ގްރޫޕް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން މިހާރު ޔަގީން ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވީހާ އަވަހަކަށް ވެކްސިން ގެންނަން މަސައްކަތް މި ކުރަނީ. އަޅުގަނޑުމެން ލަފާކުރަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ދިވެހިންނަށް ވެކްސިން ދޭން ފެށޭނެ ކަމަށް،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވާ ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާބާދީގެ ބާކީ ބަޔަށް ވާ ވެކްސިން ވެސް ހޯދުމުގެ މަސައްކަތް އެކި ގައުމުތަކާ ވާހަކަ ދައްކައިގެން ކުރަމުން އަންނަ ކަމަށެވެ.
ވެކްސިން ދޭން ހަމަޖައްސާފައިވާ ތަރުތީބުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ކޮވިޑް-19ގެ ޓެގް ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ފުރަތަމަ ލިބޭ ވެކްސިން ބެހުމަށް ގްރޫޕްތައް ބަހާލި އިރު ތިން ކަމަކަށް ބަލާފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ލިބޭ ވެކްސިންގެ 17 ޕަސެންޓް ވެކްސިން ދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި އުމުރުން 50 އަހަރުން ދަށުގެ ބޮޑެތި ބަލިތަކަށް ބޭސް ކުރާ ހައިރިސްކު މީހުން އަދި އާންމު ހިދުމަތްތަކުގައި މަސައްކަތްކުރާ ފްރަންޓްލައިން މީހުންނަށް ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، އުމުރުން 50 އަހަރު ނުވާ މީހުންގެ ތެރެއިން ވެކްސިން ދޭން ނިންމާފައިވަނީ ހަކުރު ބަލި، ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކާއި ކެންސަރު، ލިވާގެ ބަލިތައް ފަދަ ބޮޑެތި ބަލިތަކާއި ހުންނަން ޖެހޭ ވަރަށް ވުރެ ބަރުދަން އިތުރު މީހުންނަށެވެ. އަދި ފްރަންޓްލައިން މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ހިދުމަތުގައި އެކި ގޮތް ގޮތުން މަސައްކަތް ކުރާ މީހުން ވެސް ހިމަނާފައިވެ އެވެ.
މީގެ އިތުރަށް އިޖުތިމާއީ އަދި އިގްތިސޯދީ މަސައްކަތްތަކަށް ބަލައި އެންމެ ބޮޑަށް އާންމުންނާ ބައްދަލުވާނެ ފަދަ މީހުން ވަނީ ހިމަނައިފަ އެވެ. އެގޮތުން ފިހާރަތަކާއި އެއާޕޯޓުތައް އަދި ޓީޗަރުން ފަދަ ފަރާތްތަކަށް ވެސް ވެކްސިން ދޭން ނިންމާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ވެކްސިން ދިނުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ރާއްޖެ ގެންނަން ވާއިރަށް ސްޓޯރޭޖް ގާއިމު ކުރުމާއި ރަށްރަށަށް ގެންގޮސް ބެހެއްޓޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ބޭހެއް އަދި ވެކްސިނަކީ ވެސް ސައިޑް އެފެކްޓްސް ހުންނަ އެއްޗަކަށް ވާތީ ވެކްސިން ދޭ މީހުންގެ ޑޭޓާތައް އެކައްޗެއްގައި ބަލަހައްޓާ އެމީހުންގެ ހާލަތު ބެލޭނެ އިންތިޒާމެއް ވެސް ރާވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓަރީ ކުރަން ފަށައިފި
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
ފުރަތަމަ ޑޯޒް ޖަހައިދޭނީ އަންނަ މަހު އެކެއްގެ ނިޔަލަށް
90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކުރުމުން ލުޔެއް
ފުރަތަމަ ޑޯޒަށްފަހު މާބަނޑުވެއްޖެނަމަ ދެން ދޭނީ ފައިޒާ
ސްޕަޓްނިކް ވީ ގެންނަން އެއްބަސްވުމުގައި ސޮއެއް ނުކުރޭ
ރާއްޖޭގެ ހާލަތު އިންޑިއާއާ އެއްވަރަށް ގޯސްވެދާނެ
ދެ ބްރޭންޑްގެ ދެ ޑޯޒް ޖެހުނީ އޮޅުމަކުން: އެޗްއީއޯސީ