Roadha Mihaaru
އެމެރިކާގެ ފަންނާނުން ވެސް އިންޑިއާ އަށް އެހީވަނީ

ކޮވިޑުން އަރައިގަތުމަށް އެމެރިކާގެ ފަންނާނުން ވެސް އިންޑިއާ އަށް އެހީވަނީ

05 މެއި 2021

ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސްވެ އިންޑިއާ އަށް އެހީވާން އެ ގައުމުގެ ވަރަށް ގިނަ ފަންނާނުން އެހީވަމުން އަންނަ އިރު އެމެރިކާގެ ވަރަށް ގިނަ ފަންނާނުން ވެސް ފައިސާ ހަދިޔާކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސްވެ އިންޑިއާ އަށް އެހީވާން އެ ގައުމުގެ ވަރަށް ގިނަ ފަންނާނުން އެހީވަމުން އަންނަ އިރު އެމެރިކާގެ ވަރަށް ގިނަ ފަންނާނުން ވެސް ފައިސާ ހަދިޔާކުރަން ފަށައިފި އެވެ.

ހޮލީވުޑްގައި މަސައްކަތްކުރާ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވެސް ވީހާ ވެސް ގިނަ ބަޔަކު އެހީވާން ގޮވާލާފައިވާ އިރު ގިވް އިންޑިއާ އާއި ޖޭ ޝެޓީ ގުޅިގެން ކުރިއަށް ގެންދާ ފަންޑް ރައިޒިން އަށް ވެސް އެމެރިކާގެ މަޝްހޫރު ބައެއް ފަންނާނުން އެހީދީފައިވެ އެވެ. "ހެލްޕް އިންޑިއާ ބްރީތު" ގެ ނަމުގައި ކުރިއަށް ގެންދާ ފަންޑް ރައިޒިން އަށް މިހާތަނަށް 3.7 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ.

އެއަށް އެހީވި ފަންނާނުންގެ ތެރޭގައި ވިލް ސުމިތާއި އަންހެނުން ޖެޑާ ސުމިތާއި ޝޯން މެންޑޭޒް އާއި އެލެން ޑިޖެނެރެސް އާއި ކެމީލާ ކެބެލޯ އާއި ރޯހަން އޮޒާ އާއި ޖެމީ ލާން ލިމާ އާއި ބްރެންޑަން ބަޗާޑް އަދި ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ފަދަ ތަރިން ހިމެނެ އެވެ.

މި ފަންނާނުންގެ އިތުރުން ވެސް އެތައް ބަޔަކު އަންނަނީ އިންޑިއާ އަށް އެހީވަމުންވެ. އަދި ފަންޑް ހޯދަން ތަފާތު ގޮތްގޮތަށް ފަންޑް ރައިޒިން ހަރަކާތްތައް ވެސް ހިންގަމުންނެވެ.

ޕްރިޔަންކާ ފެށި ފަންޑް ރައިޒިން އިން ވެސް މިހާތަނަށް ފަސް މިލިއަނެއްހާ ޑޮލަރު ލިބިފައިވެ އެވެ.